ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަދާގެ މަރުގެ މައްސަލަ: ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމުގެ ފުރުސަތު ދީފި

ސަދާ ސައުދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ހޮސްޕިޓަލިގައި ފަރުވާދެމުން ދަނިކޮށް، ބައެއް ޑޮކްޓަރުންގެ އިހުމާލުން އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ ނިޔާވި މައްސަލައިގައި މަދަނީ ބަދަލު ހޯދަން އެދި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ދެ ދުވަހުގެ ފުރުސަތެއް ދީފި އެވެ.

ހެލްތް މިނިސްޓްރީއަށް ދައުވާކޮށް މަދަނީ ބަދަލު ހޯދުމަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވީ އިބްތިދާއީ އަޑުއެހުމެވެ.

މައްސަލައިގައި ސަދާގެ އާއިލާގެ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވެފައި ވަނީ އިހުމާލެއް އޮތްކަމަށް ދައުލަތުން އިންކާރު ނުކުރާނަމަ، ކޯޓުން ބޭރުން ގެއްލުމުގެ ބަދަލު ހޯދުމަށް މަޝްވަރާ ކުރުން ރަނގަޅު ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދާ ވިދާޅުވީ ކުރިޔާލާ ދެ ހަފްތާ ކުރިން އިބްތިދާއީ އަޑުއެހުމުގެ ނޯޓިސް ފޮނުވުމުގެ ބޭނުމަކީ މަޝްވަރާ ކުރަން ނުވަތަ އައުޓް އޮފް ކޯޓް ސެޓްލްމަންޓުގައި އެ ފަރާތްތަކުން ގޮތެއް ނިންމައި މައްސަލައިގައި ހިމެނޭ ހަސްމާ ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން ކަމަށެވެ. ދައުލަތުން އެކަމަށް މަސައްކަތްކޮށްފައި ނުވާކަން ފަނޑިޔާރު ފާހަގަކުރުމުން ވަކީލު ވިދާޅުވީ އެ މަޝްވަރާ ކުރެވިފައި ނެތީ ދައުވާ ކުރި ފަރާތުން އެ ނިޔަތުގައި މަސައްކަތްކޮށްފައި ނުވާތީއާއި އެކަމަށް އެދި ހުށަހަޅާފައި ވެސް ނެތުމުން ކަމަށެވެ.

މައްސަލައިގެ ބާވަތުން، ގިނަ ދުވަސްވެ އާއިލާއަށް އިތުރު ގެއްލުންތަކެއް ލިބެން ބޭނުން ނުވާތީ ޝުނާނާ ވިދާޅުވީ މަޝްވަރާކޮށްގެން ވީހާވެސް އަވަހަކަށް ހައްލެއް ގެނެވެން އޮތް ނަމަ އެ މަގަކުން ދާން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ސަދާގެ މަރުގައި އިހުމާލު އެބައޮތްކަން ހިއުމަން ރައިޓްސް ކޮމިޝަނުގެ ނިންމުމުން ވެސް އެނގެން އެބައޮތް ކަމަށެވެ.

ދެ ފަރާތުގެ ވެސް ވާހަކައަށް ފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދެ ދުވަހުގެ ފުރުސަތެއް ދީ މަޝްވަރާއަށް ދޫކޮށްލުމަށެވެ. އަދި އެއަށް ފަހު އިބްތިދާދީ އިތުރު އަޑުއެހުމެއް ބާއްވައި، މައުލޫމާތު އޮޅުންފިލުވާނެކަން އިއުލާނު ކުރެއްވުމަށް ފަހު އަޑުއެހުން ނިންމަވާލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: