ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ބަޖެޓުތައް ހުށަހަޅައި، ކުރި ހަރަދު ބޮޑު ވެރިކަމުން ފެނުނު ހެޔޮ ބަދަލެއް ނެތް: ލަތީފް

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓު އަހަރުން، އަހަރަށް ބޮޑުވެ ފައިސާ ޗާޕު ކުރަމުން ދިޔައިރު ވެސް ރައްޔިތުންނަށް ގެނެސްދެވުނު ބަދަލެއް ލޮލަށް ފެންނަން ނެތްކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ފަސް އަހަރު ނިމިގެންދާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުވެގެންކަމަށް ބުނެ ރައްޔިތުންނަށް ވައުދުވީ އެމްޑީޕީކަމަށެވެ. އެހެނަމަވެސް ކަން ހިނގި ގޮތަކީ އެއީ ނޫންކަމަށާއި، ދައުރު ނިންމާލިއިރު ހިދުމަތްތައް ދޭ މެޝިނަރީތަކުގެ މަރާމާތުތައް އެއްވެސް މިންވަރަކަށް ބެލެހިއްޓިފައި ނެތްކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ރައްޔިތުންނަށް ދަތިތައް ދިމާވެގެން އުޅޭ ދަތީގެ ޒިންމާ ނަގަން ޖެހޭ ބަޔަކީ އެމްޑީޕީކަމަށާއި، އެކަން ރަނގަޅަށް ވަށައި ނަޒަރު ހިންގާލުމުން ސާފުވާކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ސުވާލާއި ޝަކުވާތައް އުފެއްދުމުގެ ނިޔަތުގައި މައްސަލަތައް ހުށަހެޅުމުން، ހާމަވާނީ ވެސް ކުރީ ސަރުކާރުގެ އިހުމާލުތައްކަމަށް ލަތީފް ވިދާޅުވި އެވެ.

އެހެންވީމަ އެބޭފުޅުންނަށް މާގިނައިން ދެއްކޭނެ ވާހަކައެއް ނެތް.. އެބޭފުޅުންގެ ބޭނުމަކީ މި  ހަ މަސް ދުވަހުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު މިކަން ހައްލު ކުރުމަށް، މަސައްކަތްކޮށްފައި ނެތްކަން ދެއްކުމަށްޓަކައި ނުވަތަ ނުކުރާކަމަށް ބުނެ އެބޭފުޅުން ޕެޓިޝަން ހުށަހަޅައިގެން.. އެކަން އެ ވާހަކަ ދައްކަން.. އެކަމަކު ހަގީގީ މައްސަލަ ބަލާލީމަ އެނގިގެން ދިޔައީ މިއީ މިދިޔަ ސަރުކާރުގެ ބޮޑު އިހުމާލެއްކަން..

ލަތީފް ވިދާޅުވީ އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓު ބޮޑުވަމުން ދިޔައިރު، ރައްޔިތުންގެ ދިރިއުޅުމުން އެ ބަދަލު ނުފެނުނު ކަމަށެވެ. ދައުލަތް އިންތިހާއަށް ދަރަނިވެރިވެގެން ދިޔައިރު، މީގެކުރިން އެއްވެސް ސަރުކާރަކުންކޮށްފައި ނުވާވަރަށް އިސްރާގު ހަރަދުތައް އެމްޑީޕީން ސިޔާސީ ބޭނުމަށް ހޭދަކުރިކަމަށް ލަތީފް ވިދާޅުވި އެވެ.

ދިވެހި ގައުމަށް ބޭރުގެ އެހީއާއި، މަޝްރޫއުތައް ލިބުނުކަމަށް އެމްޑީޕީން ބުނިއިރު އެތަކެތި ކޮބައިތޯ ލަތީފް ސުވާލު އުފެއްދި އެވެ. އަދި ފައިސާ ޗާޕުކޮށްގެން ވެސް ނެރެވުނު ނަތީޖާއެއް ނެތްކަން ލަތީފް ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ބަހާއި، އަމަލު ދުވަހަކު ވެސް ދިމާނުވާކަމަށާއި އެ ޕާޓީއަކީ ޖެއްސުމާއި މަލާމާތްކުރުމާއި ފުރައްސަރަ ކުރުމުގައި އަރައި އޮތް ޕާޓީއެއްކަމަށް ލަތީފް ވިދާޅުވި އެވެ. އަދި ހެޔޮ ބަދަލެއް ގެނައުމާއި، ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރުމުގެ ނިޔަތެއް ދުވަހަކު ވެސް އެމްޑީޕީގެ އޮވެދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ލަތީފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: