ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހު ސުވާލު އުފެއްދީ، އޮކްޓޯބަރު މަހު އެމްޑީޕީން އިޒްރޭލަށް ފިޔަވަޅު ނޭޅި ސަބަބާ މެދު!

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދެމުން ގެންދާ މައްސަލައިގައި، އެމްޑީޕީގެ ސަރުކާރުން ފިޔަވަޅު ނޭޅި ސަބަބާ މެދު ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ސުވާލު އުފައްދައިފި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.

މީކާއިލް ހުށަހެޅުއްވި އިސްލާހުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ފަލާހު ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރީ މިދިޔަ އޮކްޓޯބަރު މަހުކަމަށާއި އޭގެ ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގާއިމުވެގެން އައީ އެއް މަސް ފަހު ނޮވެމްބަރު މަހުކަމަށާއި، އޭރު ވެސް މީކާއިލް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތްތައް ސިޔާސީ ކުރުމަށް ބޭނުން ނުވާކަމަށާއި ދިވެހި ގައުމަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކޮށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ބައެއްކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމެއްގެ ގޮތުގައި ފަލަސްތީނަށް އެންމެ ބޮޑު އެހީއެއް އަބަދުވެސް ދެމުން އައި ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.

މިއަދު އިޒްރޭލުން އެ ހިންގަމުންދާ ގަތުލްއާންމު، އަޅުގަނޑު ވެސް ފާހަގަކުރާނީ ލާއިންސާނީ އަމަލުތައް އެންމެ ބޮޑަށް ކުށްވެރި ކުރާ ދުނިޔޭގެ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ މިއަދު އަޅުގަނޑުމެންގެ މި ސަރުކާރު… ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަން ފާހަގަކޮށް އެމަނިކުފާނަށް ނުހަނު ޝުކުރު އަދާކުރަން…

ފަލާހު ވިދާޅުވީ ހުއްޓުމެއް ނެތި އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުންގެންދާ މައްސަލައިގައި، ދިވެހި ސަރުކާރުން ވަރުގަދަ ފިޔަވަޅުތައް އެ ގައުމާ ދެކޮޅަށް އަޅަން ނިންމާފައިވާކަމަށެވެ. އެކަމަކު ސިޔާސީ ނަޒަރަކުން އެ މަސައްކަތާއި މެދު ދެކުމަކީ، އެއީ ނަތީޖާ ނުނެރެވި ހިނގައިދާނެ ސަބަބެއްކަމަށް ފަލާހު ވިދާޅުވި އެވެ.

ތަކުރާރުކޮށް ފަލާހު ވިދާޅުވަމުން ގެންދެވީ، އޮކްޓޯބަރު މަހު އޮތް އެމްޑީޕީގެ ވެރިކަމުން ގަރާރެއް ނެރެ އިޒްރޭލަށް ފިޔަވަޅު ނޭޅުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮތް އެމްޑީޕީން އެ މަސައްކަތް ނުކޮށް، މިއަދު ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ބިލު ހުށަހެޅުމަކީ އިހުލާސްތެރިކަމެއް ނެތުންކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުންނާއި، އެ ޕާޓީގެ ޕާލިމަންޓު ގުރޫޕުން މީގެ ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ފަލާހު ވިދާޅުވި ނަމަވެސް އިޒްރޭލުގެ ފަތުރުވެރިންނާއި، އެ ގައުމުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރުމަށް ގޮވާލައި އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހެޅި  ގަރާރެއް ވަނީ މިދިޔަ އޭޕްރިލް މަހު ފާސްކޮށްފަ އެވެ.

ވިލިނިގިލި ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅި އެ މައްސަލަ މަޖިލީހުން ފާސްކުރީ 41 މެމްބަރުންގެ ވޯޓުންނެވެ.

މީގެއިތުރުން ނޮވެމްބަރ 16، 2023 ގައި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: