ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާކުރުމަކީ އެންމެންގެ ޒިންމާއެއް: ޕީޖީ

ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާކުރުމަކީ އެންމެންގެ ޒިންމާއެއް: ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހުން ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ އެއްވެސް ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/19) ގެ 33 ވަނަ މާއްދާ މަނާކުރާ ކަމެއް ކަމަށާއި އެފަދަ މަޢުލޫމާތު އެއްވެސް ފަރާތަކުން އެއްވެސް ސިފައެއްގައި ދަޢުރުކޮށްގެން ނުވާނެ ކަމަށެވެ.

ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި އަދި ކުޑަ ކުދިން ވިކްޓިމައިޒްވާ މައްސަލަ ތަކުގައި އެ ކުދިންގެ މައުލުމާތު އާންމު ނުކުރުމަކީ ޒަމާނުއްސުރެ ޖިނާޢީ އަދުލުގެ ނިޒާމުގައި ހިފަހައްޓާ ހަަމަތަކެއް ކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި ކުރިން މި އޮފީހުން ހިފަހައްޓަމުންދިޔަ ހަމަތަކަކީ މި ފަދަ މައްސަލަތަކުގައި ކުއްޖާގެ މައުލޫމާތު ހިމެނޭ އެއްވެސް ލިޔުމެއް ނުބަލައި ދޫނުކުރުމަށެވެ. އަދި ދިފާޢީ ބޭނުމުގައިވެސް އެ ލިޔުންތައް ބެލެވިގެންދާނީ، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކުގައި ކަމަށެވެ.

މީގެ އިތުރުން ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޞީއްޔާ މި އުޟޫލަށް ބަދަލު ގެނެވުމަށް ނިންމެވުމަށްފަހު އެ މައްސަލައިގައި ފަނޑިޔާރުންގެ ކުރިމަތިފުޅުގައި އޮތީ، އަނިޔާލިބޭ ކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމާއި ދައުވާލިބޭ މީހުންނަށް ދިފާއު ބިނާކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިދެވޭނެ އުޞޫލެއް ޤާއިމުކުރުން ކަމަށެވެ. އަދި އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވީ އަނިޔާލިބޭ ކުއްޖާގެ ފޮޓޯ ވީޑިއޯ ހިމެނޭ ލިޔުންތައް ފިޔަވައި، ދެންހުރި ލިޔުންތައް، މުޖުތަމަޢަށް ޢާންމު ވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ދަޢުވާލިބޭ މީހާއާއި ދިފާޢީވަކީލަށް ޝަރުތުކޮށް ދޫކުރެވިދާނެކަމަށެވެ. އަދި 

އެތަކެތި މުޖުތަމަޢަށް ޢާންމުވެދާނެ އެއްވެސްކަމެއް ނުކުރުމަށް ޝަރީޢަތުން ކުރާ ޝަރުތާ ޚިލާފުވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމަށް ބަލައި ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: