ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރިން ހައްޖަށް ފޮނުވުމުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: މިނިސްޓަރ

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުވެރިން ހައްޖަށް ފުރުވުމުގެ އިންތިޒާމުތައް “ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން“ އިން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހައްޖުވެރިން ފުރުމުގެ ހުރިހާ އިންތިޒާމުތައް “ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން“ އިން ވަރަށް ފުރިހަމައަށް ތަރުތީބު ކޮށްފައިވާ ކަމަށާއި އަދި މައްކާގައި ހައްޖުވެރިން ތިބުމާއި، މަދީނާގައި އަށް ދަތުރުކުރުމަށް ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން މަސައްކަތް ކުރިވިގެންދާއިރު، މިހާތަނަށް އެއްވެސް ވަރެއްގެ ޝަކުވާއެއް ލިބިފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އަހަރުގެ ހައްޖު ކޯޕަރޭޝަންގެ އެހީގައި 1150 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާ ކުރާނެ ކަމަށާއި އަދި މިއީ މިހާ ގިނަ އަދަދެއްގެ ހައްޖުވެރިން އެ ކުންފުނިއާއި ހަވާލު ކުރާ ދެވަނަ ފަހަރު ކަމަަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރ ވިދާޅުވި، ހައްޖުވެރިން ތިބީ މައްކާ އަދި މަދީނާގައިވެސް ވަރަށް ބޮޑަށް ހިންހަމަޖެހިގެން ކަމަށެވެ. އަދި މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ހައްޖުވެރިން މަދީނާއަށް ޒިޔާރަތްކޮށްފައިވާކަމަށާއި ރައުޟާއަށް ވަނުމާއި އަދި މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރުން، މަދީނާގެ އެކި އެކި ތަންތަނަށް ޒިޔާރަތް ކުރުން ފަދަ ހުރިހާ ކަމެއްގެވެސް އިންތިޒާމުތައް ވަރަށް ރަނގަޅަށް ކުރިއަށް ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މީގެ ދެތިން އަހަރު ކުރިން ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ދިނުމަށް ވަކި ޙާއްސަ ކޯޓާތަކެއް އޭރުގެ ސަރުކާރުން ހަމަޖައްސައިފައި އޮތް ކަމަށާއި އަދި އޭގެ ތެރެއިން ވަރަށް ބޮޑެތި ބަލިތަކުގެ މީހުން ހައްޖަށްދާ ކަމަށެވެ. އަދި ބަލިޙާލަތުގައިހުރެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމަކީ ”ރިސްކީ“ ކަމެއް ކަމަށާއި މިއަދު ޙަބަރު ލިބުނުގޮތުގައި ހައްޖުވެރިއަކު ހާޓް އެޓޭކެއް ޖެހިގެން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެނގި ވަޑައިގަންނަވާނެ ފަދައިން މީގެ ދެތިން އަހަރު ކުރިން ބޮޑެތި ބަލި ތަކުގެ މީހުންނަށް ހައްޖަށް ދިއުމުގެ ވަކި ޙާއްސަ ކޯޓާތަކެއް އޭރުގެވެސް ސަރުކާރުން ހަމަޖައްސައިފައި އޮތް.. އޭގެ ތެރެއިން ވަރަށް ބޮޑެތި ބަލިތަކުގެ މީހުން ހައްޖަށް އެބަދޭ.. ހަޤީޤަތުގައި މިއީ ވަރަށް ރިސްކީ ކަމެއްވެސް މެ.. މިއަދު އަޅުގަނޑުމެންނަށް ޙަބަރު ލިބުނު ޙައްޖުވެރިއަކު ހާޓް އެޓޭކެއް ޖެހިގެން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަކި ޙާއްސަ ޑޮކްޓަރުންގެ ޓީމެއް ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގައި ތިބޭނެ ކަމަށާއި އަދި ހައްޖުވެރިން ތިބި ހޮޓެލްގައި ކްލިނިކެއް ގާއިމް ކުރެވިފައިވާނެ ކަމަށެވެ. އަދި ސިއްހަތާއި ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: