ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅުމަށް ބަދަލެއް ނާންނާނެ، ރައީސް މުއިއްޒާއި އެކު މުހިންމު މަޝްވަރާތައް ކުރެވުނު: އިންޑިއާ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު/ ފޮޓޯ: އިންޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި ދާއިރަތާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

މޯދީގެ ސަރުކާރުގެ އެކްޓާނަލް އެފެއާޒްގެ މަގާމަށް އިތުރު ދައުރަކަށް އައްޔަނު ކުރި ޖައިޝަންކަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އިންޑިއާ ގުޅޭ ކަންކަމާއި ގުޅޭގޮތުން އާންމުކޮށް ވާހަކަ ދައްކަވާ ބޭފުޅެކެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ހިދުމަތް ކުރަން ފެއްޓެވި މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ދިވެހިރާއްޖެއަށް ދިން ދައުވަތު ގަބޫލުކޮށް ރައީސް މުއިއްޒު ވަޑައިގަތުމަކީ ލިބުނު ޝަރަފަކާއި އުފަލެއްކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. ނިއުދިއްލީގައި އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން، އެ ގައުމުގެ މީޑިއާތަކުން ވެސް ޖައިޝަންކަރުއާ ސުވާލު ކުރި އެވެ.

ތަފްސީލު ދެއްވައި އޭނާ ވިދާޅުވީ ދެ ގައުމު ވެސް ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެވުނުކަމަށާއި، އެއްބަސްވެވޭ ގޮތެއްގެ މަތިން އިގްތިސާދީ ދާއިރާއާއި ކުރިއެރުންތަކަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ ރާއްޖެއަކީ، އިންޑިއާގެ އެންމެ އަވައްޓެރި ގާތް ރަހުމަތްތެރިޔާކަމަށްވުމާ އެކު ޒަމާނުއްސުރެ އޮތް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ގައުމުގެ މީޑިއާތަކުގެ ވެސް މައިގަނޑު ސުވާލަކަށް ވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރާއެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައިވާކަމަށާއި އަދި އެއްބަސްވުންތައް ރިވިއު ކުރުމުގެ މަސައްކަތް ފެށުމުގެ ފުރުސަތު އެބައޮތްކަމެވެ. އަދި ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ އިރުތަކެއް ނުވެ ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފެއްޓެވިކަމަށް ވެއެވެ. އ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: