ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ޖަލްސާއެއް ދެން އޮންނާނީ އީދު ބަންދަށް ފަހު!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހަތަރު ވަނަ ޖަލްސާ އިއްޔެ ނިންމާލައި، މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު މަޖިލީހުން އިއްޔެ ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި ރުހުން ދީފައި ނުވާ މި ސަރުކާރުގެ ތިން ވަޒީރުންނަށް ރުހުންދީފައެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށަހެޅި ބިލު ވެސް ވަނީ ބަލައިގެންފައެވެ. ހަމައެއާއެކު އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމާއި ގުޅިގެން މުހިންމު ބަހުސްތަކެއް ވަނީ  މަޖިލީހުގެ ތެރޭގައި ކޮށްފައެވެ.

އިއްޔެގެ ޖަލްސާ ނިންމާލާފައިވަނީ ދެން ޖަލްސާއެއް އޮންނާނީ މިމަހުގެ 24 ވާ ހޯމަ ދުވަހު ކަމަށް ރިޔާސަތުން އިއުލާނު ކުރުމަށްފަހުއެވެ. އާންމު އުސޫލުން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ތިން ދުވަހުއެވެ. ނަމަވެސް މިއަދު އަދި މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ނޯންނާނެއެވެ.

މި ހަފްތާ ބަންދާއި އެކީ އަޟްހާ އީދު ފެށޭއިރު އީދު ބަންދު ނިމޭނީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހަށެވެ. އޭގެ ފަހުން ހުކުރު ހޮނިހިރު ބަންދާއި އެކީ ސަރުކާރު ހުޅުވޭނެ ކަމަށް އިއުލާނު ކޮށްފައިވަނީ މިމަހުގެ 24 ވާ އާދިއްތަ ދުވަހުއެވެ. 20 ވަނަ މަޖިލީހުގެ މެމްބަރުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުވާ ކުރައްވާފައިވާއިރު، މިހާތަނަށް ހަތަރު ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެ ޖަލްސާ ތަކުގައި މުހިންމު ކަންކަން މެންވަރުން ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: