ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުހުމަތުތަކަށް އާޒިމް ރައްދުދެއްވީ ނަތީޖާއިން!

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރި އިރު ސާބިތު ހިފޭވަރުގެ އެއްވެސް ތުހުމަތެއް ކުރެވިފައި ނުވާނެކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރުކަމަށް ވާދަކުރެއްވިއިރު، އަމާޒުވީ އެކި ތުހުމަތަކާއި ގުޅިގެން ސަންގު ޓީވީއިން ގެނެސްދޭ “ހަބަރަށްފަހު” ޕްރޮގްރާމްގައި ސުވާލުކުރުމަށް އާޒިމް ވިދާޅުވީ މިނީ ބަސްތަކާއި ގުޅިގެން ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އެކަން ސާފު ކުރުމަށް ބޭނުންވާނެ މައުލޫމާތު ނޫހެއްގައި ވަރަށް ސާފުކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދީފައި އޮތްކަމަށެވެ. ޑޮކިއުމެންޓްތައްވެސް ހިމަނާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހަވާލުވީ ކޮންމެ ތަނެއްވެސް ހަވާލުވީއިރު ހުރި ހާލަށްވުރެ ރަނގަޅު ހާލަތަކަށް ގެންގޮސްދީފައިވާނެކަމަށެވެ. ތުހުމަތުތަކެއް ކުރެވިދާނެކަމަށް ފާހަގަކޮށް އާޒިމް ވިދާޅުވީ މޭޔަރުކަމަށް ވާދަ ކުރެއްވިއިރުވެސް މި ގޮންޖެހުންތަކާއި ކުރިމަތިވާނެކަން އެނގިލައްވާކަމަށެވެ. ތުހުމަތުތަކަށް ދޭން އޮތް ރައްދެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވީ ނަތީޖާތަކެެވެ.

އެގޮތުން އެމްޓީސީސީއާއި ހަވާލުވީއިރު ތަން ހިންގީ ގެއްލުމުގައިކަމަށާއި، ނިކުތް އިރު އެވެރެޖްކޮށް 200 މިލިއަނުން ފައިދާ ލިބޭ ތަނަށް އެމްޓީސީސީ ހަދައިދީފައިވާނެކަމަށް ވިދާޅުވިއެވެ.

އޭގެ މާނައަކީ، އެހެންވެއްޖެއްޔާ ކުރިން ހިންގި މީހުން 200 މިލިއަން ރުފިޔާ ނެގީހެއްޔޭ ސުވާލަކީ. މިއަދު އަޅުގަނޑުމެންނަށް ފެނޭ، މިދިޔަ ކުއާޓާގައި 30 މިލިއަން ޕްލަސްގައި، އަޅުގަނޑުމެން ރިކޯޑު ކުރީ އެމްޓީސީސީގައި. މިފަހަރު ކުއާޓާގައި އެބޭފުޅުންނަށް ރިކޯޑު ކުރެވުނީ ހަ މިލިއަން ރުފިޔާ. އެހެންވެއްޖެއްޔާ 24 މިލިއަނަށް ކަމެއްވީހެއްޔޭ؟ އަޅުގަނޑު ތުހުމަތެއް ނުކުރާނަން އެއްވެސް މީހަކަށް.

އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާ ދެމެހެއްޓި ގޮތަށް މިހާރު އެމްޓީސީސީގެ ފައިދާ ނުދެއްމެހެއްޓޭކަމަށެވެ. އެހެންކަމުން ސުވާލު އުފައްދަންވީ ފައިސާގެ ގޮތުގައި ލިބެން އޮތް މިންވަރު ބަޔަކު ނަގަނީތޯކަމަށް ފާހަގަކޮށް އާޒިމް ވިދާޅުވީ އޭނާއަކީ އެއްވެސް މީހަކަށް ތުހުމަތެއް ކުރާނެ މީހެއް ނޫންކަމަށެވެ.

އޭނާއަކީ ތަންތަން ހަރުދަނާ ގޮތެއްގައި ހިންގާ މީހެއްގެ ގޮތުގައި މީހުން އިތުބާރު ލިބިފައިވާ މީހެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އޭނާ މަސައްކަތް ކުރި ތަންތަނުގެ މުވައްޒަފުންނަށްވެސް ކުރި އެރުން ހޯދަދީފައިވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި ގައުމުގައި މީހުންގެ މައްޗަށް ތުހުމަތުތައް ކުރުމަކީ އާންމުކަމެއްކަމަށް ފާހަގަކޮށް އާޒިމް ވިދާޅުވީ އެހެންކަމުން ސިޔާސީ މަސައްކަތަށް ނިކުންނަނީ ވަރަށް ހިތްވަރު ހުރެގެންކަމަށެވެ. އެސްޓީއޯ އާއި އެމްޑަބްލިއުއެސްއާއި އެމްޓީސީސީފަދަ އެންމެ ބޮޑެތި ކުންފުނިތަށް ހިންގިއިރު އޭނާ އާއި ދެކޮޅަށް ސާބިތު ހިފޭ ވާހަކައެއް ދައްކާފައިނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވަނީ މީހުންގެ އަނބުރު ކަތިލުމާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. އަދި މީޑިއާތަށްވެސް ޒިންމާދާރުވުމަށް އެދިވަޑައިގެންނެވިއެވެ. މީޑިއާގެ މިނިވަންކަމަކީ ގޯސް ކަންތައްތައް މަދު ކުރުމަށް އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: