ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރަށް އަވަހަށް ހިޔާ ސަރަހައްދުގައި އިސްރަށްވެހިންގެ ނާދީއެއް ގާއިމު ކުރެވޭނެ: ލަހުފާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރަށްވެހިންގެ ނާދީއެއް މާލޭގައި ހުޅުވާފައިވާއިރު ވަރަށް އަވަހަށް ހިޔާ ސަރަހައްދުގައި ހަމަ އެފަދަ ނާދީއެއް ހުޅުވިގެން ދާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ލަހުފާ ވިދާޅުވީ އައްޑޫގައި ނާދީ އެއް ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށާއި އެހެން ބައެއް އަތޮޅުތަކުގައި ވެސް އިސްރަށްވެހިންގެ ނާދީ ގާއިމްކުރުމުގެ ޓެކްނިކަލް މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށެވެ. ހަމައެއާއުކު ނާދީތައް ގާއިމުކުރުމަށްޓަކައި އެކި ކަހަލަ ފަންޑުތައް ހޯދުމުގެ މަސައްކަތްތައް ކުރެވޭކަން ލަހުފާ ފާހަގަކުރެއްވި އެވެ.

އިސްރަށްވެހިންގެ ނާދީ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ އެއް ބައެއް ކަމަށް ލަހުފާ ވިދާޅުވިއެވެ. ރައީސް އެންމެ އިސްކަމެއް ދީގެން ކުރުމަށް ރާވާފައިވާކަންކަމުގައި ހަފްތާ 14 ގެ މެނިފެސްޓޯގައި ހިމަނައި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެންމެ ފުރަތަމަ އިސްރަށްވެހިންގެ ނާދީއެއް ހުޅުވައިދެއްވި ކަމަށް ލަހުފާ ވިދާޅުވިއެވެ.

”އެބޭފުޅުންގެ ވާހަކަ ދައްކާއިރު މި ދެކެވެނީ އެތައްގޮތަކުން މި ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންގެ ވާޙަކަ މިދަންނަވަނީ. އެތައް ބަޔަކު ތަރުބިއްޔަތުކޮށް މިއަދު އަޅުގަނޑުމެން މި ގައުމުގައި މި ދެކޭ ހިދުމަތްތެރިން ބިނާ ކުރުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ވާހަކަ މިދަންނަވަނީ. އެހެންވީމަ އެބޭފުޅުން އިސްރަށްވެހިން ގޮތުގައޮ މިއަދު ތިއްބަވާ އިރު، އިންތިޒާމް ކުރެވިގެން ރޭވުންތެރިކަމާއެކު އެބޭފުޅުންގެ ނަފްސާނީ ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގޭނެ މަރުކަޒެއް ގާއިމްކުރުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް“

އިސްރަށްވެހިންގެ ނާދީގައި ކުރާ މަސައްކަތްތަކަކީ އޯގާތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސަކަތް ކަމަށް ލަހުފާ ވިދާޅުވިއެވެ. މި މުޖުތަމައުއަކީ ވަރަށް ހެޔޮ، އެކުވެރި އުފާވެރި މުޖުތަމައު އަކަށް ހެދުމުގެ ގިނަ މަސައްކަތްތަކެއް ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަމަށް ލަހުފާ ވިދާޅުވިއެވެ. އެގޮތުން ހާލު ކިހިނެތް ޕްރޮގަރާމަކީވެސް އެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: