ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަހަރާ މިސްކިތުގެ މަސައްކަތް އޮގަސްޓު މަހު ނިމޭނެ: އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އާ ސަހަރާ މިސްކިތުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮށް އެއްކޮށް ނިންމާލައި ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ އެ މަސައްކަތުގެ މަސައްކަތް ކުރަމުން ދިޔައިރުގައި ފުރަތަމަ ކޮންޓެކްޓަރުން މުޅި ކުރެހުން އެއްކޮށް ނުނިންމާ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރަމުން ދިޔަ ވަރަކަށް ބަދަލުތައް ގެންނަން ޖެހުނު ކަމަށެވެ.

އާޒިމް ވިދާޅުވީ އެ މިސްކިތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުން ކަމަށެވެ. އެގޮތުން އިތުރު ހިނަވާ އަށްޓެއް ބެހެއްޓުމާއި، އަންހެނުން ނަމާދު ކުރުމަށް ވަކި ބައެއް ހެދުމާއި، އަންހެނުން ވުޟޫކުރުމަށް ބައެއް ހެދުމާއި، އަންހެނުންނަށް ވަކިން ފާހަނައެއް ހެދުން ހިމެނޭ ކަމަށެވެ. އަދި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ވަދެވޭގޮތަށް ފާހަނަތައް ފަރުމާކުރެވިގެންދާނެ ކަމަށާއި މިސްކިތުގެ ޖާގަ ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަސައްކަތް ބެހިފައިވަނީ ސްޓްރަކްޗާ މަސައްކަތާއި ކޮންސްޓްރެކްޝަން މަސައްކަތްތައް. ސްޓްރަކްޗާ މަސައްކަތް ފުރަތަމަ ހަވާލުކުރި ފަރާތުން ރަނގަޅަށް މަސައްކަތް ނުކުރުން ނަގާފައި ވަނީ. ނަގާފައި ދެވަނަ ބަޔަކާއި ހަވާލުކޮށްގެން އެމީހުން ލައްވާ މަސައްކަތް ނިންމައި. ދެން ތިންވަނަ ކޮންޓްރެކްޓަކަށް ދާންޖެހުނީ މަސައްކަތް ހަވާލުކުރި އިރުގައި ފިނިޝިންގެ މަސައްކަތް ހަވާލުނުކޮށް އޮތީމަ. ފިނިޝިންގެ މަސައްކަތް މިހާރު ކުރިއަށް މި ދަނީ

އާޒިމް ވިދާޅުވީ އާ ސަހަރާއި މިސްކިތުގެ މަސައްކަތް ނިމިގެންދާއިރު އޭސީ ކުރެވިފައި ހުންނާނެ ކަމަށެވެ. އަދި ރައްޔިތުން މަޑުކޮށްލާނެ ތަނަކާއި މުސްކުޅިންނާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ނަމާދު ކުރާނެ ހާއްސަ ސަރަހައްދެއް ހެދިފައި ހުންނާނެ ކަމަށެވެ. އުންމީދަކީ އޮގަސްޓު މަހުގެ ފަހުކޮޅު މަސައްކަތް ނިންމައި އެތަން ރައްޔިތުންނަށް ބޭނުންކުރެވުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: