ރައީސްއަށް ގަރާރެއް މެދުވެރިކޮށް ޕާސްޕޯޓު ބޭންކުރުމަށް ގާނޫނުއަސާސީން ބާރުތަކެއް ލިބިދީފައިނުވާކަމަށް އޭޖީ އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޓާރނީ ޖެނެރަލް އުޝާމްވަނީ އިސްރާއީލު ޕާސްޕޯޓު ބޭންކުރުމުގެ މައްސަލައާއިގުޅޭގޮތުން ކުރެވެނު ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން ގަރާރެއް މެދުވެރިކޮށް އެކަން ކޮށްފައިނުވާ ސަބަބާއިމެދު ނޫސްވެރިޔަކު ސުވާލު އުފެއްދުމުން އުޝާމްވަނީ އެކަން ގަރާރެއް މެދުވެރިކޮށް ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައަކީ ގާނޫނީ އިސްލާހެއް މެދުވެރިކޮށް ހައްލުކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއްކަމަށް ހިއްސާކުރެއްވިއެވެ.
އުޝާމް ވިދާޅުވީ، ގާނޫނުއަސާސީގައި ރައީސްއަށް ގަރާރަކުން ޕާސްޕޯޓު ބޭންކުރެވޭނެކަމަށް ކަނޑައެޅިފައިވާކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކަކީ ކޮން ގޮތަކަށް އުފެދިގެން އައިސްފައިވާ ވާހަކަތަކެއް ކަން އޭނާއަށާް އެނގިވަޑައިނުގަންނަވާކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމުހޫރިއްޔާއަށް ގާނޫނުއަސާސީއިން އެފަދަ ބާރެއް ލިބިދީފައިނުވާނެކަމަށާއި އެކަން ކުރަންޖެހޭނީ ގާނޫނު އިސްލާހުކޮށްގެންކަމަށް ތަކުރާރުކުރެއްވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުންވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނީގޮތުން އިސްލާހުތައް ގެނައުމަށް ކެބިނެޓުންވަނީ ފާސްކޮށްފައިކަމަށެވެ. އަދި ކެބިނެޓުން ވަކި ވަކިން މީހުން ބޭންކުރުމަށްކަށް ނިންމާފައިނުވާނެކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

