ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއައި ގާނޫނަށް އިސްލާހު ގެނެސް، މައުލޫމާތު ހޯދަން ހުރަސްއެޅުމުގެ ވިސްނުމެއް ނެތް: އޭޖީ

ބަންޑާރަ ނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ލިބިދީފައިވާ، އާރުޓީއައި ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން މައުލޫމާތުތައް ހޯދުމަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތު ކުރާ ބިލުތަކުގެ ތަފްސީލުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުޝާމް ވިދާޅުވީ ސަރުކާރުން އާރުޓީއައި އުވާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އުޝާމް ވިދާޅުވި ގޮތުގައި ގާނޫނަށް އިސްލާހު ގެނައުމަށް ނިންމީ ބައެއް މުއްދަތުތައް ހުރި ގޮތުންނާއި އިޖުރާއާތުތައް ބަޔާން ކުރާ އުސޫލުތަކުން ދަތިތައް ދިމާވާތީ އެކަމަށް ހައްލު ގެނައުމަށެވެ.

ސަރުކާރުން އާރުޓީއައި ގާނޫނަށް އިސްލާހު ގެންނަނީ، ޑިމޮކްރެޓިކް ވެއްޓެއްގައި އަމަލު ކުރާ ގޮތަށް ބަލައިކަމަށް ބުނެ މީޑިއާތަކުން ބައެއް ރިޕޯޓުތައް ގެނެސްފައި ވެއެވެ. މިދިޔަ ފަސް އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި އެއްބަސްވުންތަކާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް އާރުޓީއައިއަށް އެދި ހުށަހަޅާފައި ވެއެވެ. އަދި ސަރުކާރުގެ މަސައްކަތްތަކާއި ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް ހޯދަން އެދުމުން، އައިކޮމްގެ އެންގުމާ އެއްގޮތަށް ތަފްސީލު ނުދިން މައްސަލަތައް ކޯޓަށް ވެސް ހުށަހެޅި އެވެ.

އެއަށް ފަހު މި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ބައެއް މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް އާރުޓީއައިއަށް އެދި ހުށަހަޅާފައި ވެއެވެ.

މި ގެންނަނީ، ބޮޑެތި އިސްލާހުތަކެއް ނޫން.. މައުލޫމާތުތައް ހޯދުމަށް ހުރަސްއެޅޭނެ އިސްލާހެއް އެ ގާނޫނަށް ގެނައުމަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން

މީގެއިތުރުން ހެއްކާ ބެހޭ ގާނޫނަށް ވެސް އިސްލާހުތައް ގެނައުމާއި، މިޑިއާތަކާއި ގުޅުން ހުރި ބައެއް މަސައްކަތައް އޭގެ ތެރޭގައި ހިމެނޭއިރު ނޫސްވެރިން ވަނީ ކަންބޮޑުވާން ޖެހޭ ފަދަ އިސްލާހެއް އޭގެ ތެރޭގައި ހިމެނިދާނެތޯ ސުވާލުކޮށްފަ އެވެ. އެގޮތުން އަދަބު ލިބުމާއި، ޖުރިމަނާތައް އައުން ހިމެނޭތޯ ނޫސްވެރިން ސުވާލުކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: