ރައިސުލްޖުމަހޫރިއްޔާގެ ޙާއްސަ ވަޢުދފުޅާއި ގުޅިގެން 50 ކައުންސިލް އިދާރާ ޢިމާރާތްކުރުމަށް ނިންމަވާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއިބެހޭ ވުޒާރާއިން ޢިޢުލާންކޮށްފިއެވެ.
އެ ވުޒާރާއިންކުރި ޢިޢުލާނުގައިވަނީ މި އަހަރުގެ ތެރޭ މަސައްކަތްފެށި 50 ކައުންސިލް އިދާރާ ކުރާނެ ރަށްތައް ޢިޢުލާމްކުރެއްވީ އެ ކަމަށްޓަކައި އެ ވުޒާރާއިން ބޭއްވެވި ޙާއްސަ ނޫސްވެރިންގެ ކޮންފަރެސެއްގައި ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި މަޝްރޫޢުގެ އިތުރުން ޕީ.އެސް.އައި.ޕީތެރޭން މި އަހަރު 29 ރަށެއްގެ ކައުންސިލު އިދާރާ ޢިމާރާތްކުރެވޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި 2023 ގެ ބަޖެޓުގައި ހިމެނިގެން 26 ރަށެއްގެ ކައުންސިލު އިދާރާ މިހާރު ވެސް އަޅަމުން އަންނަ ކަމަށް ޕްރެސް ކޮންފަރެންސްގައި ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
އަހަރުތެރޭ މަސައްކަތް ފެށުމަށް ކަނޑައެޅި، ކައުންސިލު އިދާރާ ޢިމާރާތްކުރާ ރަށްތަކަކީ:
ހއ. އަތޮޅު: ވަށަފަރު، ދިއްދޫ، އިހަވަންދޫ
ހދ. އަތޮޅު: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ
ށ. އަތޮޅު: ކޮމަންޑޫ، ފޭދޫ، ގޮއިދޫ، ނަރުދޫ
ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު
ބ. އަތޮޅު: ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ
ޅ. އަތޮޅު: ކުރެންދޫ
ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު
އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި
މ. އަތޮޅު: މުލި، ދިއްގަރު، މުލައް
ފ. އަތޮޅު: ފީއަލި
ދ. އަޮތޮޅު: ހުޅުދެލި، ބަނޑިދޫ
ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ، ވޭމަންޑޫ
ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ، މާވަށް
ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ
ގދ. އަތޮޅު: މަޑަވެލި
މިއަހަރު ތެރޭގައި އެޅިގެންދާ 105 ކައުންސިލް އިދާރާގެ ސަބަބުން އެ ރަށްތަކުގެ އިދާރީ ހިންގުމަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ޤަބޫލުކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް ލިބިގެންގާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވއެފައެވެ. މަޖިލިސް އިންތިޙާބާއި ދިމާކޮށް ރައިސް މުޢިއްޒު ރަށް ރަށަށްކުރެއްވި ދަތުރުފުޅު ތަކުގައި، ވަރަށް ގިނަ ރަށް ތަކުގެ ކައުންސިލުންވެސް ވަނީ އެ ރަށްރަށުގައި ކައުންސިލްގެ އިމާރާތްތައް މަރާމާތުކޮށް، އެ ތަންތަނުގެ އާބާތުރަ ފިލުވުމަށް ރައީސްގެ ފަރާތްޕުޅުން އެދިލައްވާފައެވެ. އަދި އެ ރަށްރަށުގައި ރައްޔިތުންނާއި ބައްދަލު ކުރައްވައި އެކަމަށް އެދެވޭ ޙައްލެއް ގެނެސްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

