ޔޫރޯ 2024 އަށް އަމާޒުކޮށް އެސްޓީއޯއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތަށް ހާއްސަކޮށް އެސްޓީއޯ ކުރިޔަށް ގެންދާ މި ޕްރޮމޯޝަން ޖުލައި 14 ގެ ނިޔަަލަށް ކުރިޔަށް ދާނެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެސްޓީއޯ ބުނެފައި ވަނީ މި ޕްރޮމޯޝަން އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއާއި، މައި ފިހާރަ އަދި އަތޮޅުތެރޭގެ ފިހާރަތަކުގައި ކުރިޔަށް ދާނެ އެވެ.
15 އިންސައްތައާއި ހަމައަށް ޑިސްކައުންޓު ލިބޭ މި ޕްރޮމޯޝަންގައި، ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ރުފިޔާގެ އިނާމު ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި ހިމެނެނީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރ ސިސްޓަމް, އަދި ހެޑްފޯން. މީގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރ އެވެ.
އެސްޓީއޯއިން ބުނީ ކޮންމެ ދުވަހަކު ވެސް ކުޅޭ މެޗުތަކުގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖުގައި ހުޅުވާލާނެ ކަމަށެވެ.
އިނާމުތަކުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ:
-
- ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – ހޯމް ތިއޭޓަރ ސިސްޓަމެއް.
- ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް.
- ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް.
- ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް – 65 އިންޗީގެ ޓީވީއެއް.
ކޮންމެ ބުރެއްގައި ވެސް ޕޮއިންޓު އެއްވަރުވެއްޖެ ނަމަ. އިނާމު ލިބޭ ފަރާތެއް ހޮވުމަށް ހަމަޖެހިފައި ވަނީ ގުރުއަތުންނެވެ.

