1445 ވަނަ އަހަރުގެ ހައްޖު ދުވަހާއި، އަޟްހާ އީދު ދުވަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ހިދުމަތްތައް ފޯރުކޮށްދޭ ގަޑިތައް އާންމުކޮށްފި އެވެ.
ވެމްކޯ މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ ހައްޖު ދުވަހާއި އީދު ދުވަހު ހިދުމަތްތައް ދިނުމަށް ވަކި ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ހިދުމަތްތައް ދޭނެ ގަޑިތަކަކީ ކުންފުނިން މައުލޫމާތު ދިން ގޮތުން މާލެއާއި ހުޅުމާލެ، އަދި ވިލިމާލޭގައި ގައި މެންދުރު 2:00 އިން ރޭގަނޑު 12:00 އާ ހަމައަށެވެ.
މީގެއިތުރުން ތިލަފުށި ޑިސްޕޯސަލް ސައިޓުގެ ހިދުމަތް ވެސް ދޭނީ މި ގަޑިތަކުގަ އެވެ.
މީގެއިތުރުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ހިދުމަތް ދޭނީ މެންދުރު 2:00 އިން ރޭގަނޑު 9:30 އާ ހަމައަށެވެ. އަދި ހުޅުދޫ – މީދޫގެ ހިދުމަތް ދޭނީ ހަވީރުގެ 4:00 އަށެވެ.
ވެމްކޯއިން ބުނީ ފުވައްމުލަކުގައި ހިދުމަތް ދޭނީ މެންދުރު 2:00 އިން ހަވީރުގެ 4 ޖެހުމާ ހަމައަށް ކަމަށެވެ.

