ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ވަކި ގާނޫނެއް ގެނެސް، ނޫސްވެރިންނަށް އަދަބު ދިނުމުގެ ވިސްނުމެއް ނެތް: އޭޖީ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމަށް ހާއްސަކޮށް އެކުލަވާލާ ގާނޫނުގައި، ނޫސްވެރިން ލިޔާ ލިއުންތަކަށް އަދަބު ދިނުމާއި ބެހޭ މާއްދާއެއް ހިމެނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާއެއްގެ ދަށުން، 200 އަށް ވުރެ ގިނަ ގާނޫނީ އިސްލާހުތަކާއި ބައެއް ގާނޫނުތައް އުވާލުމާއި ގުޅޭ މައުލޫމާތުތައް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މީޑިއާތަކަށް އާންމުކޮށްފަ އެވެ. ބިލުތައް ހުށަހަޅާނެ ގޮތުގެ ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައިނުވާއިރު ރައްޔިތުންނާ ގުޅުން ހުރި އިސްލާހުތަކުގެ މަސައްކަތް ކުރިޔަށް ގެންދާނީ ބަންޑާރަ ނައިބު އުޝާމް ވިދާޅުވި ގޮތުގައި ކާމާއި ބެހޭ އިދާރާތަކާއި ފަންނީ މަޝްވަރާ ހޯދައިގެންނެވެ.

ބިލުތަކުގެ ތެރެއިން ނޫސްވެރިންނަށް ފާހަގަކުރެވުނު، އިސްލާހުތަކަށް ސުވާލު ކުރުމުން އުޝާމް މާބޮޑު ތަފްސީލެއް ނުދެއްވައެވެ. އޭގެ ތެރޭގައި ނޫސްވެރިކަމާއި ގުޅުން ހުރި ބިލުތައް ވެސް ހިމެނެ އެވެ. އެއީ ހެއްކާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލެވެ. މީގެއިތުރުން ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލަހު ގެނައުން ހިމެނެ އެވެ. އަދި މައުލޫތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެ އެވެ.

އާރުޓީއައި ގާނޫނަށް ގެންނަ އިސްލާހަށް ވެސް ނޫސްވެރިން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ، މައުލޫމާތު ހޯދުން ދަތިވާ ގޮތަށް އިސްލާހު ގެނައުމުގެ މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކުރާ ވަކި ހާއްސަ ގާނޫނެއްގެ މަސައްކަތް ކުރާއިރު، އެންމެ ފަހުން އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުން ކުރި ސުވާލަކީ އޭގެ ބޭނުމަކީ ކޮބައިތޯ އެވެ. އަދި އަދަބު ދިނުން ނުވަތަ، ލިޔާ ލިއުމެއް ކުށަކަށް ވެދާނެ ގޮތަކަށް މާއްދާތަކެއް ހުރެދާނެ ތޯ ނޫސްވެރިން ސުވާލު ކުރި އެވެ.

ޖަވާބުގައި އުޝާމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލު އެކުލަވާލުމުގެ ކުރިޔަށް، މީޑީއާތަކާއި ބައްދަލު ކުރާނެ ކަމަށެވެ. އަދ އަދަބު ދިނުމާއި، ނުދިނުން ހިމަނާނީ ނޫސްވެރިންގެ ވިސްނުމަށް ވެސް ބަލައިކަމަށް ވިދާޅުވި އެވެ. އުޝާމް ވިދާޅުވީ އަދަބު ދިނުމުގެ ބައި ހިމެނުމަށް ނޫސްވެރިން ބޭނުންވާނަމަ އެ ބައި ހިމަނާނެ ކަމަށެވެ.

ދެން ތިޔަބޭފުޅުން ނިންމަވާނީ.. ތިބޭފުޅުން ނިންމަވަން ވީ، ތިބޭފުޅުންނަށް އަދަބެއް ދެންޏާ އަދަބު ގާނޫނުގައި ހިމެނޭނެ..

އުޝާމް ވިދާޅުވީ ބިލުގެ މަސައްކަތާއި އެކު ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްއެމްސީއާ ބައްދަލު ކުރާނެ ކަމަށެވެ. އަދި ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންނާ ވެސް ބައްދަލުކޮށް ހިޔާލު ހޯދާނެކަމަށް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެ ބިލުގައި އަދަބު ދިނުމުގެ ވާހަކައެއް ހިމެނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައި ވެއެވެ. އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކުރާ ވަކި ހާއްސަ ގާނޫނެއް އަދި ނެތުމާއި އެކު، މިއީ މިފަދަ ބިލެއް އަންނަ ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: