ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢިއްޒުއްދީންމަގު މަރާމާތު ކުރަންފަށައިފި

ޢިއްޒުއްދީންމަގު މަރާމާތުކުރަންފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މ. ޢިއްޒުއްދީންމަގު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފަިވާ ކަމަށް މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ”އެކްސް“ ގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތީ މަގުމަރާމަރާާމަަތު ކުރުމަށް ރޫޅަލަމުންދާ ކަމަށެވެ. އަދި އެ މަގަކީ ވިއްސާރަވެއްޖެނަމަ ފެންހިދުންލަސްމަގެއް ކަމަށެވެ. އާޒިމް ވިދާޅުވީ، އެ މަގު ހަދާ ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއްލިބި ހިނގާމީހުންނަށާއި ސްކޫލްކިދިންނަށް ވަމުންދާ ދަތިތަކަށް ހައްލެއްލިބިގެންދާނެ ކަމަށެވެ. އަދި ފެންހެދޭ މަގުތަށްރަގަޅު ކުރަން ކުރިޔަށް އޮތްދުވަސްތަކުގައިވެސް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޢިއްޒުއްދީނުމަގަކީ ވިއްސާރަވެއްޖެނަމަ އެ ސަރަހައްދުތަކުގައި ފައިގެތަބިކަށްޓަށް ވުރެ މައްޗަށް ފެންހެދިގެންދާ މަގެކެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުކޮށް އުޅޭ އުޅަދުތަކަށާއި ހިނގާ މީހުންނަށް ދަތި ތަކަކާއި ކުރިމަތިލާން ޖެހެއެވެ. މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވާތީ އެކަމަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި 9 މެއިގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ޑިފެންސް މިިނިސްޓްރި އަދި އާރުޑީސީ ގުޅިގެން މަޝްރޫއެއް ވަނީ ފަށައިފަ އެވެ. އެ މަޝްރޫއުގެ މަސައްކަތް ފެށީ ވެސްޓު ޕާކު ސަރަހައްދުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: