ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެބިނެޓުން ނިންމާފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތަށް ކުރިޔަށް ދާނެ!

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާލެ، މަޖީދީ މަގުގައި ބޭއްވި ހިންގާލުމުގައި ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ވަގުތު އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމާފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށްދާކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި، ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.

ބޭރުގެ ބައެއް މީޑިއާތަކުން މިއަދު ވަނީ، ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމުގެ މަސައްކަތް ހުއްޓާލިކަމަށް ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލަށް ވާގިވެރިވެ، ތާއީދު ކުރާ މީޑިއާތަށް ވެސް ހިމެނޭއިރު އެ ރިޕޯޓުތަކުގައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލެއް ނުލިބޭކަމަށް ބުނެފަ އެވެ.

މި ރިޕޯޓުތަކާއި ގުޅޭ ރައްދެއް ހޯދުމަށް ސަންގުއިން ގުޅާލުމުން، މިނިސްޓަރ އިހުސާން ވިދާޅުވީ މިވަގުތު މަޖިލިސް ކޮމިޓީގައި އޮތް ބިލަށް ބޭނުންވާ އިސްލާހުތައް ހުށަހަޅައި އެ ފާސްވެ ގާނޫނަކަށްވުމާ އެކު ތަންފީޒު ކުރާނެ ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމާ ގުޅޭގޮތުން، އުޝާމް ވިދާޅުވީ ސަރުކާރުން ވިސްނީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައި އެ މަސައްކަތް ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވައިދު އޮތް ގޮތުން އެއް ދައުރެއް ތެރޭގައި އެއްކަމަކަށް ދެ ބިލެއް ހުށަހެޅުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ސަރުކާރުގެ ފަރާތުން އިތުރު ބިލެއް ހުށަނާޅައި، ގަލޮޅު ދެކުނު ދާއިރާފެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ބިލަށް ބޭނުންވާ އިސްލާހު ކޮމިޓީ މަރުހަލާގައި ހުށަހަޅައި ކުރިޔަށް ދާނެކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށް ސަރުކާރުގެ ސްޓޭންޑް ބަދަލު ނުވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް، އިޒްރޭލު ޕާސްޕޯޓު ބޭން ކުރެވިދާނެކަމަށް ބުނެ ބައެއް އިދިކޮޅު ފަރާތްތަކާއި އާންމުންގެ ހުރި ހިޔާލަށް އުޝާމް ވިދާޅުވީ މިއީ ރައީސްގެ ގަރާރަކުން ކަނޑައެޅޭނެ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ޕާސްޕޯޓު މަނާ ކުރުމަކީ، 115 ވަނަ މާއްދާގެ ދަށުން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ތެރޭގައި ހިމެނޭ ބާރެއް ނޫންކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ޕާސްޕޯޓު ބޭންކޮށް، ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އުސޫލު ކަނޑައެޅޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެންކަމަށާއި، އެ ނޫން ގޮތަކަށް އެ ނިންމުން ނުނިންމޭނެ ކަމަށެވެ.

ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމުގެ މަސައްކަތް ފެށިކަން ދިވެހި ސަރުކާރުން އިއުލާނު ކުރުމުން، މިވަގުތު ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ވީހާވެސް އަވަހަށް ފޭބުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިޒްރޭލުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން، ޑުއަލް ޕާސްޕޯޓު އޮތް މީހުން ވެސް ރާއްޖެ ނައުމަށް އަންގާފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އިޒްރޭލު ރައްޔިތުން އަންނަނީ، ރާޅާ އެޅުމަށެވެ. އަދި އެ ގައުމުން މިދިޔަ އަހަރު އައީ 10،966 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އޭގެ ކުރީއަހަރު އައީ 15،700 ފަތުރުވެރިންނެވެ.

މީގެއިތުރުން މި އަހަރުގެ މިހާތަނަށް އެ ގައުމުން، 500 އެއްހާ މީހުން އައިސްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: