ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ބާޑްފުލޫގެ އިންޒާރުތަކެއް ދީފި!

އެމެރިކާގެ ސީޑީސީގެ ކުރީގެ ޑިރެކްޓަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބާޑް ފުލޫ ޕެންޑެމިކެއް ހިނގާނެކަމާއިމެދު ސުވާލު ނުއުފެދޭކަމަށާއި ސުވާލު އުފެދެނީ އެކަން ކުރިމަތިވާނެ ދުވަހާއިމެދުކަމަށް އެމެރިކާގެ ސެންޓާރ ފޯ ޑިސީސް ކޮންޓްރޯލް(ސީޑީސީ) ގެ ކުރީގެ ޑިރެކްޓަރު ޑރ ރޮބަރޓް ރެޑްފީލްޑް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ދުވަސްވަރު އެމެރިކާއިން އެކަމާއި ދެކޮޅަށް ކުރި މަސައްކަތްތަކުގައި އެންމެ އިސްކޮށް ހުންނެވި އެކަކު ކަމަށްވާ ޑރ ރެޑްފީލްޑް ވަނީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މީޑިއާތަކަށް ދެއްވި އިންޓަރވިއުތަކުގައި ބާޑް ފްލޫ ޕެންޑެމިކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުރިމަތިވެއްޖެ ހާލަތެއްގައި ކޮވިޑްއަށް ވުރެ އިންތިހާއަށް ހާލަތު ގޯސްވުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިކުރުމަށް ބޭނުންވާ ބަޔަކަށް އެކަންކުރުމަށްވެސް ފަހިވެފައިވާކަމުގެ ކަންބޮޑުވުންތައްވެސް އޭނާވަނީ މިފަހުން ދެއްވި އިންޓަރވިއުއެއްގައި ފާޅުކުރައްވާފައިކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

އެމެރިކާގެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަރވިއުއެއްގައި ޕެންޑެމިކެއް ކުރިމަތިވެދާނެކަމަށް އަދި މީގެ ކުރިން ދެއްކެވި ވާހަކަތައް ހަގީގަތުގައިވެސް ގަބޫލުކުރައްވާތޯ އޭނާ އާއި ސުވާލު ކުރުމުން ޑރ ރެޑްފީލްޑްވަނީ އެ ހާލަތު ކުރިމަތިވުން އިންތިހާއަށް ގާތްކަމަށް ދެކިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ސުވާލު އުފެދިފައިވަނީ އެ ހާލަތު ކުރިމަތިވެގެން އަންނާނެ ދުވަހާއިމެދުކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިންސާނުންނަށް ބާޑް ފުލޫ ޖެހުމުން، ބަލިޖެހޭ މީހުންގެ 25 އަދި 50 އިންސައްތަަަަ އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވާކަމަށެވެ. އެހެންކަމުން ގިނަ ހިރާސްތައް ކުރިމަތިވާނެކަމަށް އަލިއެޅުއްވިއެވެ. ޑރ ރެޑްފީލްޑް ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ކުކުޅާއި އެފަދަ ތަކެއްޗަށް ބާޑްފުލޫ ޖެހޭ މިންގަނޑުތައް އިތުރުވަމުން އައިސްފައިވާކަމަށެވެ. އަދި މިހާރު އެ ހާލަތު އިތުރަށް ގޯސްވެ ހަނގަނޑުގައި ކެހެރި ހުންނަ އެއްގަމު ދިރޭ ޖަނަވާރަށްވެސް ޖެހިފައިވާކަމަށާއި އެ ކެޓަގަރީއަށް ފެތޭ 27 ބާވަތެއްގެ ޖަނަވާރަށް ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބާޑްފްލޫ ފަދަ ވައިރަސްތައް އިންސާނުންނަށް ޖެހޭ ވައިރަސްތަކަށް ބަދަލުވެގެން އަންނަ ގޮތް 2012 ވަނަ އަހަރުގެ ތެރޭގައި ސައިންސްވެރިންގެ ދިރާސާތަކުގެ ތެރެއިން ކަށަވަރުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑް އިންސާނުންނަށް ޖެހޭ ވައިރަސްއެއްގެ ގޮތުގައި ބަދަލުވީވެސް ސައިންސްވެރިންގެ ދިރާސާތަކުގައި ހޯދިފައިވާ އުސޫލުތަކުގެ ދަށުންކަމަށާއި އެހެންކަމުން ބާޑްފުލޫގެ ޕެންޑެމިކެއްވެސް އަންނާނީ ވައިރަސް މިއުޓޭޓްވުމުންކަމަށް ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެކި ޖަނަވާރުތަކަށް ޖެހެމުންދާ އިރު ވައިރަސްއަށް ބަދަލުތައް އަންނަމުންދާނެކަމަށާއި އެގޮތުގެ މަތިން އިންސާނުންނަށް ޖެހޭނެ ފަދަ ވައިރަސްއަކަށް ބަދަލުވުމާއި ގާތަށް ދާނެކަމަށް ވިދާޅުވިއެވެ. ޑރ ރެޑްފީލްޑް ވިދާޅުވީ، ގެރިތަކަކަށް ޖެހިގެން ރިޕޯޓުކުރީ މިފަހުންކަމަށްވާއިރު މިހާރު ގިނަ އަދަދެއްގެ ގެރިއަށް ބަލިޖެހިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ގެރިތަކަށް ޖެހިގެން ކަންބޮޑުވާ ސަބަބަކީ އެތަކެއްޗަކީ އޫރާއި ގާތުގައި ގެންގުޅޭ ޖަނަވާރުތަކެއް ކަމަށްވުމުންނާއި މީގެ ކުރިން މިފަދަ ހާލަތްތައް މެދުވެރިވުުމުގައި އޫރުން އިންސާނުންނަށް ބަލިޖެހިފައިވާކަމަށްވުމުންކަމަށެވެ. ޑރ ރެޑްފީލްޑްވަނީ ސައިންސްވެރިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންވެސް މި ފަދަ ހާލަތެއް މެދުވެރިވުމުގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މިފަދަ ވައިރަސްތައް އިންސާނުންނަށް ޖެހޭ ގޮތް ދެނެގަތުމަށް ކުރި ދިރާސާތަކުގެ މައުލޫމާތުތައް ސައިންސްވެރިންވަނީ އާންމުކޮށްފައިކަމަށެވެ. އެހެންކަމުން މިފަދަ ވައިރަސްއެއް އިންސާނުނަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ބިނާކުރާނެ ގޮތް އެނގެން އޮތުމުން ކޮންމެ މީހަކަށްވެސް އެ މައުލޫމާތުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: