ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ. އަތޮޅަށް ގިނަ އަދަދެއްގެ ދިވެހި ނަރުހުން ހޯދަނީ

ހއ. އަތޮޅަށް ގިނަ އަދަދެއްގެ ދިވެހި ނަރުހުން ހޯދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އަތޮޅުގެ ސިއްޙީ ޙިދުމަތްދޭ އެކި މަރުކަޒުތަކަށް ގިނަ އަދަދެއްގެ ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނެއްގައި ވަނީ އެ ހޮސްޕިޓަލަށާއި އަތޮޅުގެ ބައެއް ޞިއްޙީ މަރުކަޒުތަކަށް ދިވެހި ނަރުހުން ބޭނުންވާ ކަމަށް ބުނެފައެވެ. އެއީ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ކަމަށް އެ ޢިޢުލާނުގައި ހާމަކޮށްފައިވެއެވެ.

ނަރުހުން ހޯދަން ޢިއުލާންކޮށްފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލާއި އެއަތޮޅުގެ 12 ސިއްޙީ މަރުކަޒަކުންނެވެ. ނަރުހުންގެ މަގާމަށް ހުޅުވާލީ ރެޖިސްޓަރޑް ނަރުހުންގެ ޕަބްލިކް ސަރވިސް ރޭންކް 5 އަދި 7ގެ ރޭންކަށެވެ. ޕަބްލިކް ސަރވިސް ރޭންކު 7އަށް ނަގާ ނަރުހުން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެކައުންސިލުގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހަކަށް ވުން ހިމެނެއެވެ. އަދި ޕަބްލިކް ސަރވިސް ރޭންކު 5 އަށް ނަގާ ނަރުހުން ވާން ޖެހޭނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާން ޖެހެއެވެ.

ރޭންކް 5 ގެ ނަރުހުންގެ މުސާރައިގެ ގޮތުގައި 11428 ރުފިޔާ އާއި 5333 ރުފިޔާ އަދި ރޭންކް 7ގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13057 ރުފިޔާ އާއި 6094 ރުފިޔާގެ އެލަަވަންސެއްގެ އިތުރުން ހާޒިރީ އިނާޔާތްވެސް ލިބޭނެ ކަމަށް ޢިޢުލާނުގައި ވެއެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ލިޔެކިއުންތަށް ހޮސްޕިޓަލްގެ އީމެއިލް hr@haah.gov.mv އަށް ހުށައެޅޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: