ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ އާއި މަންޓާ އެއާ ގުޅިގެން ބެންގަލޫރުގައި ރާއްޖެ އިޝްތިހާރު ކުރަނީ!

މަންޓާ އެއާއިން އިންޑިއާގެ ބެންގަލޫރުން ދާލު އެއާޕޯޓަށް ސީދާ ފެށި ދަތުރުތަކުގެ ފުރަތަމަ ބައިވެރިންނަށް މަރުހަބާ ކިޔަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މަންޓާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ރާއްޖެ އިސްތިހާރު ކުރުމަށް ރޯޝް ޝޯއެއް ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ރޯޑް ޝޯގެ މައުލޫމާތު އާންމުކޮށް އެމްއެމްޕީއާރުސީން ބުނީ ރާއްޖެ އިސްތިހާރު ކުރުމުގެ މި ހަރަކާތް އޮންނާނީ ބެންގަލޫރުގައި ހުންނަ ޝަންގްރިލާ ހޮޓެލްގައި މި މަހުގެ 26 ވާ ބުދަ ދުވަހު ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދާ މި ހަރަކާތުގެ ތެރެއިން އިންޑިއާގެ މާކެޓަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކު ގުޅުން ބަދަހިކޮށް ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރާނެކަމަށެވެ.

މި ހަރަކާތުގެ ސަބަބުން އިންޑިއާގެ މާކެޓު ކުރިއަރައި، ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން އެމްއެމްޕީއާރުސީއާއި މަންޓާއިން ފާހަގަކުރެ އެވެ.

ޕްރިމިއާ މާކެޓެއްގެ ގޮތުގައި ކުރިޔަށް ގެންދާ މި ހަރަކާތުގައި ދެ ގައުމުގެ 150 އަށް ވުރެ ގިނަ ޓްރެވެލް އެޖެންޓުންނާއި ޓުއާރ އޮޕަރޭޓަރުންނާއި މަންދޫބުން ބައިވެރިވާނެ އެވެ.

ހަރަކާތާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއަރަމުން އަންނަ މާކެޓެއް ކަމަށެވެ. އަދި އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް މުހިންމުކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޝިއުރީ ވިދާޅުވި ގޮތުގައި މި ހަރަކާތުގެ ތެރެއިން އިންޑިއާ މާކެޓަށް ރާއްޖެ އިސްތިހާރުކޮށް ޓްރެވެލް އެޖެންޓުންނާ ގުޅުން ބަދަހި ކުރެވޭނެ އެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ލިބޭ ފުރުސަތެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: