ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯމާލިއާގެ ތިން މީހުންނާއެކު ނ. އަތޮޅުގެ ރަށަކަށް ޑިންގީއެއް ލައްގައިފި

ޑިންގީގައި ލެއްގި ސޯމާލިއާގެ ތިން މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުންނާ އެކު ނ. ވަވަތިއަށް ޑިންގީއެއް ލައްގައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ، އެ މީހުންނާއި، ޑިންގީގެ ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ސޯމާލިއާއަށް ނިސްބަތްވާ އެ މީހުން އެ ރަށަށް ލެއްގީ މިއަދު އެވެ. ނ. އަތޮޅުގެ ވަވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެކެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. ފުލުހުން ފޮނުވި ފޮޓޯގައި ފެންނަ ޑިންގީގައި އަޅާފައި ވަނީ އައުޓްބޯޑް ކުޑަ އިންޖީނެކެވެ. އަދި ބަލާބެލުމަށް ޑިންގީއަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް ނުބެލެވެ އެވެ.

ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3،000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެ މީހުން ރާއްޖެއާއި ހަމައަށް އައިސްފައި ވަނީ ޑިންގީ ހުއްޓި، ބެހިގެންނެވެ.

މީގެ ކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި، ބައެއް ރަށްތަކަށް ލައްގާފައި އެބަހުއްޓެވެ. އަދި ހާލުގައި ޖެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް މަސްވެރިންނަށް ފެނި ފުލުހުންނަށް، ރިޕޯޓުގައި ވެސް އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 20%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ފޮޓޯޯ އިންފެންނަނީީ ދިވެހިރާއްޖެެ އައްް ރަޖިސްޓަރީީ ކޮއްފައިވާާ ޑިންގީއެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: