ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރާ އެކައުންޓެއްގެ މައްސަލަ ބަލަނީ!

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު/ ފޮޓޯ: މިރާ އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ޕޯސްޓުތަކެއް ލިޔާ މައްސަލައެއްގެ ތަހުގީގު ފުލުން ފަށައިފި އެވެ.

ނަޒްހާގެ ނަމުގައި ”އެކްސް“ ގައި ހިންގާ އެ އެކައުންޓުން ރަސޫލާއަށް ފުރައްސާރަކޮށް ޕޯސްޓުތައް ކުރާތާ ދުވަސްތަކެއް ވަނީވެފަ އެވެ. އެންމެ ފަހުން އެ އެކައުންޓުން ޕޯސްޓެއް ލިޔެފައި ވަނީ ހައްޖުގެ އަޅުކަމަށް ނިސްބަތްކޮށެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް ތަހުގީގު ކުރަން ފެށިއިރު، އިތުރު ތަފްސީލެއް ނުދެއެވެ. މި އެކައުންޓުގެ ޕޯސްޓުތަކަށް، ރިޕްލައިތައް ދޭ އިތުރު އެކައުންޓުތަކެއްގެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާކަން ފުލުހުން ބުންޏެވެ.

ދީނަށް ކުޑައިމިސްކޮށް ތަފާތު އެކި މޭރުމުން ޕޯސްޓުތައް ކުރަމުން ދިޔަ ދިވެއްސެއްގެ މައްސަލައެއް ވެސް ފުލުހުން މީގެ ކުރިން ތަހުގީގު ކުރި އެވެ.

މި މައްސަލައާއި އެކު އާންމުން ދަނީ، ފާޅުގައި ނިކުމެ ދީން ގަބޫލު ނުކުރާކަމަށް ވާހަކަ ދައްކާ މީހުންގެ މައްސަލަ ވެސް ބަލަން ގޮވާލަމުންނެވެ. އެގޮތުން އެފަދަ މައްސަލައަކާއި އެކު ރާއްޖެ ދޫކޮށް ދިޔަ ފިރިހެން މީހާ އަދިވެސް ދަނީ ދީނީ މިނިވަންކަމަށް ގޮވާލައި ވާހަކަ ދައްކަމުންނެވެ.

މިފަހުން ފުލުހުން ވަނީ ސޯޝަލް މީޑިއާގައި ފިރިހެނެއް އަންހެން ހެދުމުގައި ވީޑިއޯތައް ހަދާ މައްސަލައިގައި ވެސް ހައްޔަރުކޮށްފަ އެވެ. އެއީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށް ހުކުމެއް އިއްވި މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: