ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯ ސީޒަން އެޕްރަންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް 49 ދަރިވަރުން ދަސްވެނިވެއްޖެ

ޕްރޮގްރާމްގައި ދަސްވެނިވި ދަރިވަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފޯ ސީޒަން ރިސޯޓުން ކުރިޔަށް ގެންދިޔަ އެޕްރެންޓްސްޝިޕް ޕްރޮގްރާމުން 49 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.

ފޯ ސީޒަން ކުޑަ ހުރާ، އަދި ފޯ ސީޒަން ލަނޑާ ގިރާވަރުގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ދަސްވެނިވި ކުދިންނަށް ސެޓްފިކެޓު ހަވާލުކުރީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

2001 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް 850 ދަރިވަރަކު ކޯސް ފުރިހަމަކޮށް ވަނީ ދަސްވެނިވެފަ އެވެ. އަދި މިއަދު އެކަނި ވެސް 49 ދަރިވަރުން ކޯހުން ދަސްވެނިވެ، ސެޓްފިކެޓު ހާސިލު ކުރިއިރު ކުރިޔަށް އޮތް ޕްރޮގްރާމްގައި ބައިވެރިވާ ބެޗުގެ ދަރިވަރުންގެ އަދަދަކީ 70 އެވެ.

ކޯހުން ދަސްވެނިވި ދަރިވަރުން ޕްރޮގްރާމް ފުރިހަމަ ކުރި ދާއިރާތަކުގެ ތެރޭގައި ފުޑް އެންޑް ބެވަރޭޖް ޕްރެޕަރޭޝަން އާއި، ފުޑް އެންޑް ބެވަރޭޖް ސާވިސްގެ އިތރުރުން ފަޑީ ޑައިވް މާސްޓާ، މެރިން ބަޔޮލޮޖީ، އަދި ވޯޓާ ސްޕޯޓްސްގެ އިތުރުން ރީޓެއިލް އާއި ހައުސްކީޕިން އެންޑް ގެސްޓް ސާވިސަސް އަދި ސޭފް މެރިޓައިމް ޓްރާންސްޕޯޓް ހިމެނެ އެވެ. އަދި ފްރޮންޓް އޮފީސް އެންޑް ރެކްރިއޭޝަންގެ އިތުރުން، އިންޖީނިއަރިން ދާއިރާ ވެސް ހިމެނޭކަމަށް ފޯ ސީޒަންއިން ވަނީ މައުލޫމާތު ދީފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: