ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށީގެ ރިހެބުގައި ރިމާންޑް ސެންޓަރު އަލުން ހިންގަން ފަށައިފި

ރާއްޖެ އެތެރެކޮށް އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގައި ފުލުހުން ހަރަކާތެރިވަނީ: ފޮޓޯ/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ބަހައްޓާ ޑްރަގް އޮފެންޑާސް ރިމާންޓު ސެންޓަރު އަލުން ބޭނުން ކުރަން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހޯމް މިނިސްޓްރީގެ އިސް ނެގުމަށް ރިމާންޑް ސެންޓަރު ހިންމަފުށީގައި އަލުން ހިންގަން ފަށާފައިވާކަމަށެވެ. ފުލުހުންގެ ފުލް ސެކިއުރިޓީއާއި އެކު އެތަން ހިންގަން ފަށާފައި ވަނީ، މި މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ސެންޓަރުގައި މިހާރު ހަތް މީހަކަށް ޕްރޮގްރާމް ހިންގަމުންދާކަމަށް، ފުލުހުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި މިވަގުތު ހިންގަމުން ދަނީ ތިން ރިހިބިލިޓޭޝަން ސެންޓަރެވެ. އެއީ ކ. ހިންމަފުށީގައި ހިންގާ ސެންޓަރުގެ އިތުރުން ހުޅުމާލެ ހާފްވޭ ހައުސް އަދި މާލޭގެ ސެންޓަރެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: