ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މައި ޖަގަހަ ރައީސް މުއިއްޒު ހުޅުވާދެއްވައިފި

ޕީއެންސީގެ ޖަގަހަ ހުޅުވައިދެއްވީ ރައީސް ޑރ. މުއިއްޒު/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ މައި ޖަގަހަ ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާދެއްވައިފި އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީ ކުރިން، އެމްޑީޕީ ހަރުގެ ހިންގަމުން އައި އިމާރާތުގައި ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންގްރެސް ކޯލިޝަނުގެ ލީޑަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެކު، އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

މީގެއިތުރުން އެމްއެންޕީގެ ލީޑަރު، ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވެސް ވަނީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވި، ހ. ވެޔޮވިލާ ގޯތީގައި މީގެ ކުރިން ހިންގަމުން އައީ އެމްޑީޕީ އެވެ. އެމްޑީޕީގެ މާޒީއާއި، އެ ޕާޓީގެ ގިނަ ހަރަކާތްތަކާއި އެކި ހަނދާންތައް ވެސް ގުޅިފައިވާ ހަރުގެ ޕާޓީއަށް ގެއްލުނީ އެތެރޭގައި އުފެދުނު މައްސަލަތަކުގައި އުފެދުނު ފެކްޝަނަށް ފަހު އެވެ. އޭރު އެ ބިމުގެ ވެރިފަރާތުން، ނިންމީ ހަރުގެ އެމްޑީޕީގެ އަތުން ނަގައި ޑިމޮކްރެޓްސްއަށް ހަވާލު ކުރުމަށެވެ.

2023 ގެ ރިޔާސީ އިންތިހާބައި، މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތައް އެ ހަރުގޭގައި ކުރިޔަށް ގެންދިޔަ ނަމަވެސް ޕާޓީއަށް އިންތިހާބުގައި ލިބުނީ ބޮޑު ނާކާމިޔާބީ އެކެވެ. އަދި މަޖިލީހުން އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވި، ފަހުން ހަރުގެ ހުރީ ބަންދުކޮށްފަ އެވެ. ބެލެވޭ ގޮތުގައި ޕީއެންސީ ހަރުގެ ކުއްޔަށް ނެގީ އެ ސަބަބާ ހުރެ އެވެ.

ޕީއެންސީން ހަރުގެ ހުޅުވާފައި ވަނީ ”ޕީއެންސީ ހައުސް“ ގެ ނަމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: