ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލާއި، އައިސްގެ ސަބްސިޑީ ހިމެނޭ ގޮތަށް މިހާތަނަށް މަސްވެރިންނަށް 933 މިލިއަން ދޫކޮށްފައިވޭ!

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވުމަށް ފަހު މިވީ މުއްދަތުގެ ތެރޭގައި ތެލާއި، އައިސްގެ ސަބްސިޑީ ހިމެނޭ ގޮތަށް މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ދޫކޮށްފައިވާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ރިޔާސީ ވައުދަކީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުން ނަމަވެސް ގަވައިދުން ފައިސާ ޖަމާކޮށް ނުދޭކަމަށް މަސް ދޯނިތަކުން ބުނެ އެވެ. އަދި ކުރީ ސަރުކާރުން ވާރުތަވެގެން އައި އަދަދުތަކާއި އެކު ބެކްލޮގު ކްލިއާ ކުރި ފަހުން އަނެއްކާވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިލިއަނުން މައްޗަށް އަރަ އެވެ.

އައްޑޫގެ މަސްވެރިން މުޒާހަރާއަށް ނިކުމެ، ފައިސާ ލިބޭނެ ތާރީހަކާއި ގުޅޭ ޖަވާބެއް ދިނުމަށް ގޮވާލަމުން ދާތީ ސަރުކާރުން ވަރަށް ގާތުން އެ އަޑުތައް އަހަމުންދާކަމަށް ވިދާޅުވެފަ އެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް މިފްކޯގެ ހުރި ގޯސްތައް ވެސް ރަނގަޅު ކުރުން ކަމަށެވެ. މިފްކޯގެ މާލީ ހާލަތު ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ގައުމުގެ މާލީ ހާލަތު މިސް މެނޭޖު ކުރުމުގެ ސަބަބުން، ޖީޑީޕީއާއި އުފެއްދުންތެރިކަމުގެ ނިސްބަތަށް އަސަރުކޮށް ރައީސް މުއިއްޒަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި 2020 ވަނަ އަހަރު މަސް ކިލޯއެއްގެ އަގު ހުރީ 16 ރުފިޔާގައި ކަމަށެވެ. ކޮވިޑުގެ ތެރޭގައި އެ ޕާޓީގެ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުން ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތައް ސަސްޕެންޑު ކުރުމަށް ފަހު ފައިސާ ޗާޕު ކުރަމުން ދިޔައިރު އޭރު ވެސް އެގޮތަށް އަމަލު ނުކުރުމަށް ކޮންގްރެސް ކޯލިޝަނުން ތަކުރާރުކޮށް ގޮވާލިކަމަށް ޝިޔާމް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މަސްވެރިން އަޑުއައްސަވާ، ވޭތުވެ ދިޔަ ސަރުކާރުގައި 2020 ވަނަ އަހަރުގެ މާޗު މަހު އޭރުގަ އަޅުގަނޑު ހަނދާންވާ ގޮތުން ހުރީ 16 ރުފިޔާއަށް މަސްކިލޯއެއްގެ އަގު.. ކަޅުބިލަ މަހުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ.. އަޅުގަނޑު މަސްވެރިންނޭ، ދަންނަވައިރު މަސްވެރިންގެ އެބަތިބޭ ކަޅުބިލަ މަހުގެ މަސްވެރިންނާ، ކަންނެލި މަހުގެ މަސްވެރިންނާ.. 2022 ވަނަ އަހަރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް އެއް އަހަރަށްވެފައި އޮއްވާ މަސް ކިލޯއެއްގެ 17 ރުފިޔާއަށް ހެދި..

ރިޔާސީ އިންތިހާބު ގާތްވުމުން، ވޯޓު ހޯދުމުގެ ނިޔަތުގައި އެމްޑީޕީން ކަޅުބިލަ މަހުގެ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ގެނައުމަށް ފަހު އެ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެންމެ ރުފިޔާއެއް ވެސް މަސްވެރިންނަށް ދޫކޮށްފައި ނުވާކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ވެރިކަމުގެ ދައުރު ނިންމާލީ، މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށް ނުދީ ފައިސާ ޖަމާނުކޮށްކަމަށެވެ.

ޝިޔާމް ވިދާޅުވީ ނަތީޖާއެއްގެ ގޮތުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވާން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ އެތައް ފައިސާއަކައި 120 ބިލިއަންގެ ދަރަންޏާއި އެކުކަމަށެވެ. ރޯދަ މަސް ގާތްވެފައި ވާތީ، ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް އޭރު ގިނަ މަސައްކަތްކޮށް 200 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ދޫކުރެވުނުކަމަށް ޝިޔާމް ވަނީ ފާހަގަކުރެއްވި އެވެ.

މި ދެންނެވި ނުދެއްކި އޮތް ބެކްލޮގާއި އެކީގައި 279 މިލިއަން ރުފިޔާ، މިއަދާއި ހަމައަށް ސަބްސިޑީގެ ގޮތުގައި ދީފިން.. މުޅި ޖުމްލަ މަސްވެރިން މި ސަރުކާރު 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާއި ހިސާބަށް މަސްވެރިން ބޭނި މަހަށް ތެލުގެ ސަބްސިޑީއާއި ތެލުގެ ސަބްސިޑީއާއި އެކީގައި 933 މިލިއަން ރުފިޔާ މަސްވެރިންނަށްދީ ހަލާސްކޮށްފި.. އަޅުގަނޑު މިހާވަހަކަ ދެއްކީމާ ބައެއް ބޭފުޅުން މި ވިދާޅުވަނީ އެއީ ތިމަންނާމެން، ބޭނި މަހަކަށް ނޫން ހެއްޔޭ ތި ފައިސާ ތި ދެނީ.. އެ ވާހަކަ ނުދައްކާށޭ.. މި ވާޙަކަ ދައްކަން ޖެހޭ.. މިއީ ރައްޔިތުންނަށް އެނގެން ޖެހޭ،، ދިވެހި ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ސަބްސިޑީގެ ގޮތުގައި ދޭ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭ…

ވެރިކަމާއި ހަވާލުވުމަށް ފަހު މިވީ މުއްދަތުގެ ތެރޭގައި ތެލާއި، އައިސްގެ ސަބްސިޑީ ހިމެނޭ ގޮތަށް ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ ރައްޔިތުންނަށް އެނގެން ޖެހޭ އަދަދުތަކެއްކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާ ސަބްސިޑީގެ ގޮތުގައި ހޭދަ ކުރާ ގޮތް އެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ، މިފްކޯއަކީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދޭ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: