ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙާރިޖީ ވަޒީރު ރަސްމީދަތުރު ފުޅެއްގައި އެމެރިކާއަށް ފުރައިވަޑައިގެންފި

ޙާރިޖީ ވަޒީރު ރަސްމީދަތުރު ފުޅެއްގައި އެމެރިކާއަށް ފުރައިވަޑައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޙާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރައިވަޑައިގެންފިއެވެ.

މި ދަތުރުފުޅުގެ ތެރޭގައި އެމެރިކާގެ އ.ދ. ގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދު އާއި ސީނިއަރ އަންޑަރ ސެކްޓަރީ ހަސަން ހުސެއިން ޝިހާބް ވެސް ބައިވެރިވަޑައިގަންނަވައެވެ. މި ދަތުރުފުޅަކީ މި ޖޫން މަހުގެ 24 އިން 27 އަށް ކުރައްވައި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ ކަންކަމުގައި ދިވެހިރާއްޖެއިން އަހައްމިޔަތުކަންދޭ މިންވަރު ކަށަވަރުކޮށްދިނުމެވެ. މި ދަތުރުފުޅުގައި ޙާރިޖީ ވަޒީރު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީ.ސީ އަށެވެ. ވޮޝިންޓަންގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޖޭ ބްލިންކަން އާއި ޔުނައިޓަޑް ސްޓޭޓަސް އޭޖެންސީ ފޮރ އިންޓަރ ނޭޝަނަލް ޑިވެލޮޕްމަންޓް ( ޔޫ.އެސް.އޭ.އައި.ޑީ) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހެނިހެން އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ވޮޝިންގްޓަން އަށް ކުރައްވާ ދަތުރުފުޅަށްފަހު، އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ޚާރިޖީ ވަޒީރު ނިއު ޔޯކް އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ނިއު ޔޯކް އަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އާއި އ.ދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ލީ ޖުންހުއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުންތަކުގެ އިތުރުން، ނިއުޔޯކްގެ ބައެއް ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ނިއުޔޯކް އާއި ނިއުޖާޒީގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން، ކައުންސިލް އޮފް ފޮރިން ރިލޭޝަންސް ގައި ބޭވުމަށް ހަމަޖެހިފައިވާ އިންޓަރެކްޓިވް ޑިސްކަޝަންއެއްގައި ބައިވެރިވުމުގެ އިތުރުން، ވޮޝިންޓަންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ޙާޒިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ހަމަޖެހުފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: