ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރުގައި 2.5 ބިލިއަންގެ ތަރައްގީގެ ޕްރޮޖެކްޓު ހިންގާނަން: މިފްކޯ

" އިންފޯ ފިޝް ވޯލްޑް ޓޫނާ " ކޮންފަރެންސްގައި މިފްކޯގެ ކެޕޭސިޓީ އިތުރު ކުރާނެ ގޮތްތައް ހޯދުން މުހިންމު: ޝަމާހު"
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިފްކޯ ތަރައްގީކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށްޓަކައި މަސައްކަތްތައް ކުރެވެމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި މަސްވެރިންދަނީ މިވަގުތުވެސް މުޒާހަރާ ކުރަމުންނެވެ. އަދި އިއްޔެ މެންދުރުން ފެށިގެން ކަރަންޓު ދީފައިވީނަމަވެސް އެއްވެސް މުއައްޒަފަކަށް އެތެރެއަށް ދިއުމަށް ފުރުސަތު ދީފައިނުވާކަމަށް ހާމަކޮށްފައިވެއެވެ.

މިފްކޯއިން ބުނެފައިވާގޮތުން އެ ސައިޓުގައި މަސައްކަތްކުރާ މުއައްޒަފުން ނިދަނީ ވަގުތީ އެކޮމޮޑޭޝަނެއްގައިކަމަށެވެ. އަދި މަސްވެރިން ޑިމާންޑުކުރަމުންދަނީ ފައިސާ ލިބޭނެ ގޮތުގެ ތަފްސީލުތައް ލިޔެކިއުމުން ދިނުމަށްކަމަށާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ނުވަތަ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މަންދޫބަކު އެތަނަށް ވަޑައިގެން ބައްދަލުކުރެއްވުމަށްވެސް ޑިމާންޑުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މިފްކޯއިން ބުނެފައިވާގޮތުން އެ ސަރަހައްދު މިވަގުތު އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް މަސައްކަތްތައް ފަށައިފި ނަމަ ހާލަތު ގޯސްވެގެންދާނެކަމަށް ބެލެވޭކަމަށާއި އެ ކުންފުނިންދަނީ އައްޑު ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ފެށުމަށް މަސައްކަތްކުރަމުންކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިންވަނީ މަސްކިރާ މިންގަނޑުތައް ދަށްވެފައިވާކަންވެސް ހިއްސާކޮށްފައެވެ. އެގޮތުން 2023ގެ ޖޫން މަހުގެ ނިޔަލަށް 41،318.2 މެޓްރިކް ޓަނު ކިރާފައިވާއިރު، މި އަހަރުގެ މިހާތަނަށް ކިރާފައިވަނީ 16،430.5 މެޓްރިކް ޓަނުގެ މަސްކަމަށާއި އެހެންކަމުން މަސް ކިރާ މިންގަނޑުތައް މި އަހަރު 39.71 އިންސައްތަ ދަށްކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މާލީ ހާލަތު ހުރި ގޮތް ބަޔާންކޮށް މިފްކޯއިން ބުނެފައިވާގޮތުން އެ ކުންފުނީގައި މިވަގުތު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭޏުންވާ ހަކަތައާއި ގާބިލުކަން އެބަ ހުއްޓެވެ. އެހެންމަވެސް ދަރަންނާއި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ކުންފުނި ބައްޓަންކޮށްފައި އޮތުމުން މާލީ ގޮތުން މިއަދު ބޮޑެތި ބުރަތަކެއް އުފުލަންޖެހިފައިވާކަމަށާއި މިކަން ހައްލުކުރުމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

ނުއަގުގައި މަސް ގަތުމުގެ ސަބަބުން ވާ ގެއްލުން ފޫބެއްދުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯއަށް ސަރުކާރުގެ ބަޖެޓުން ދީފައިވާ ގުރާންޓާއި ލޯނު، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ. އަދި މި މުއްދަތުގެ ކުރިން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިއަން ރުފިޔާ 2022 ވަނަ އަހަރު މާފްކޮށްދީފައިވޭ.

އެ ކުންފުނިން ބުނެފައިވާގޮތުން މި އިން އެއްވެސް ފައިސާއަކީ އިންވެސްޓު ކުރުމުގެ ބޭނުމަށް ނެގިފައިވާ ފައިސާއަކަށް ނުވާތީ، ކުންފުންޏަށް ފައިދާއެއް ނުލިބުމުގެ އިތުރުން، ބައެއް ފައިސާގެ އިންޓަރެސްޓުގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށްވެސް ދައްކަން ޖެހޭކަމަށެވެ. އެގޮތުން އަހަރަކު 56 މިލިއަން ރުފިޔާ ހޭދަވާކަމަށާއި 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވާއިރު، މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައެއް ނުވާކަމަށާއި 2020 ވަނަ އަހަރުން 2022 ގެ ނިޔަލަށް ކޭޝް ފްލޯ ސަޕޯޓު ދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވަރކިންގ ކެޕިޓަލް ގެ ގޮތުގައި ހަމަޖެއްސިފައިވާ ފެސިލިޓީތަކުގެ އަދަދު 645 މިލިއަން ރުފިޔާއަށް އަރާކަން ހާމަކޮށްފައިވެއެވެ. އަދި މި ފެސިލިޓީތަކުގެ އިންޓަރެސްޓަށް އަހަރަކު 40 މިލިއަން ރުފިޔާ ހޭދަވާކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

ކުންފުނި ދަރަނީގައި ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ހިންގަމުން ދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަމަށް ބުނެފައިވާއިރު އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދާކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮށް، އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުން ދާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: