ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 1.4 މިލިއަން ރުފިޔާ

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރަށް މުޅިއެކު ހަރަދުވީ 1.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ އަވައްޓެރި ގައުމަކަށްވުމުން އެ ދަތުރުފުޅު މުހިންމު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ ދަތުރުފުޅުގެ ބޭނުމަކީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން އިންޑިއާގެ އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވުމުން އެއާދަކާދަ ހިފެހެއްޓުން ކަމަށް ވަނީ ބުނެފައެވެ.

ހަަމައެއާއެކު ސާކް ސަރަހައްދުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތު ކަމަށާއި އެ ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް ރަނިން ވިކްރަމަސިންހާ، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިހް ހަސީނާ، ނޭޕާލްގެ ބޮޑު ވަޒީރު ފުޝްޕާ ކަމާލް، ބޫޓާންގެ ބޮޑުވަޒީރު ޗެރިން ޓޮބްގޭ ބައިވެރިވެވަޑައިގަނެފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ދައުވަތަކީ ”ނެއިބަރހުޑް ފަސްޓް ޕޮލިސީ“ގެ ދަށުން އިންޑިއާގެ ބޮޑުވަޒީރު ދެއްވާފައިވާ ދައުވަތެކެވެ.

މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރާއި، ކައުންސިލް އޮފް މިނިސްޓަރސްގެ ބައެއް ބޭފުޅުންނާއި އަދި ރައީސް އާއިވެސް ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ރައީސް ދުރޫޕަތީ މުރޫމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދަތުރުފުޅުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު އަބަދުވެސް އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެއިތުރުން މިދަތުރުގައި ރައީސްގެ ރަސްމީ ވަފުދާއި، ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގަތެވެ. މި ދަތުރުފުޅަށް ދައުވަތު ލިބުނީ ވަގުތުކުޑަތަންކޮޅަކަށްވެފައި ވަނިކޮށް ކަމުން، ދިވެހި ސަރުކާރުގެ ވަފްދު އިންޑިއާއަށް ދަތުރުކުރައްވާފައި ވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މިއާއެކު ޓްރާންސިޓް ކުރުމާއެކު ދަތުރުފުޅުމަތީ ކޮންމެ ފަހަރަކުވެސް 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވިކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: