ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އޭޖީއެމް ޖުލައި މަހު ބާއްވަނީ!

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އާންމު ޖަލްސާ ޖުލައި 12 ގައި ބޭއްވުމަށް ނިންމައިފައިވާ ކަމަށް އެ ކުންފުނިން ޢިއުލާންކޮށްފިއެވެ.

އެސްޓީއޯއިންކުރި ޢިޢުލާނުގައި ވަނީ ކުންފުނީގެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ 12 ޖުލައި 2024 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައެވެ. އަދި އެ ޖަލްސާ އޮންލައިންކޮށް މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނުނެފައެވެ.

މި ޖަލްސާގެ އެޖެންޑާގައި ފާއިތުވި އަހަރުގެ ކުންފުނީގެ ޕަރފޯމަންސް ރޮޕޯޓު ހުށަހެޅުމާއި ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުން ވޯޓޫގެ ނަތިއްޖާ ޢިޢުލާން ކުރުން ހިމެނެއެވެ. އަދި ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުންވެސް ހިމެނެއެވެ. އަދި ޖަލްސާގައި ބައިވެރިވެވޭނީ 26 ޖޫން 2024ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކަމަށާއި އަދި މިގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަން  މި މަހުގެ 9 ވަނަ ދުވަހު އެ ކުންފުނިން ވަނީ ޢިއުލާންކޮށްފައެވެ.

ކޮންމެ ހިއްސާދާރަކަށް އޭނާގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިނުމަށް އައްޔަން ކުރެވޭނީ އެންމެ ޕްރޮކްސީއަކަށެވެ. އެކަކަށް ވުރެ އިތުރު ފަރާތްތަކަށް ޕްރޮކްސީ ދީފައިވާ ހާލަތުގައި، ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާތިލް ކުރެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެއެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ ހިއްސާދާރުން ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ.ކާޑު ހުށަހަޅަންވާނެ ކަމަށާއި އެ ފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ ކާޑު ހިމަނާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާތިލް ވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެއެވެ.

ހަމައެއާއެކު ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލް ކުރަން އެދޭ ހިއްސާދާރުން ޖުލައި 12 ވަނަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން ”ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލް ކުރަން އެދޭ ފޯމް“ ފުރިހަމަ ކުރުމަށްފަހު އެސްޓީއޯއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިންވަނީ އެދިލައްވައިފައެވެ.

ކުންފުނީގެ ގުރޫޕް މާލީ އުސްއަލިތަކަށް ބަލާއިރު ޓެކްސަށް ކެނޑުމަށްފަހު 2022 ގައި ލިބިފައިވާ ސާފު ފައިދާގެ އަދަދަކީ 1،072 މިލިއަން ކަމަށް ވާއިރު 2023 ވަނަ އަހަރު ލިބިފައިވަނީ 1،087 މިލިއަނެވެ. އަދި 2022 ވަނަ އަހަރު ހިނގުމުގެ ފައިދާ ލިބިފައިވާ އަދަދަކީ 1،462 މިލިއަން ރުފިޔާކަމަށް ވާއިރު 2023 ވަނަ އަހަރު ލިބިފައިވަނީ 1،586 މިލިއަން ރުފިޔާއެވެ. ކުންފުނީގެ ގުރޫޕް މާލީގެ ޖުމްލަ ފައިދާގެ ގޮތުގައި 2022 ވަނަ އަހަރު ލިބިފައިވަނީ 2،709 މިލިއަން ރުފިޔާއެވެ. އަދި 2023 އަހަރު ލިބިފައިވަނީ 3،509 މިލިއަން ރުފިޔާ އެވެ. އެސްޓީއޯ ކުންފުނީގެ ފައިދާއިން ހިއްސާއަކަށް ބަހަން 2023 ވަނަ އަހަރު ހުށަހަޅާ އަދަަދަކީ 80 ހިއްސާއެވެ. އަދި 2022 ވަނަ އަހަރު ހިއްސާއަކަށް ބަހަން ހުށަހަޅާ އަދަަދަކީ 77 ހިއްސާއެވެ.

އެސްޓީއޯ ކުންފުނީގެ މާލީ އުސްއަލިތަކަށް ބަލާއިރު 2022 އަހަރު ޖުމްލަ ފައިދާގެ އަދަދަކީ 2،168 މިލިއަށްވާއިރު 2023 ވަނަ އަހަރު ޖުމްލަ ފައިދާއަކީ 3،047 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު ޖުމްލަ އިކުއިޓީ ގެ އަދަދަކީ 3،582 މިލިއަނަށް ވާއިރު 2023 ވަނަ އަހަރު އެ އަދަދު ވަނީ 4،311 މިލިއަނަށް އިތުރުވެފައެވެ. 2022 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އެސެޓްގެ އަދަދަކީ 11،736 މިލިއަނެވެ. އަދި 2023 ވަނަ އަހަރު ޖުމްލަ އެސެޓްސްގެ އަދަދަކީ 12،173 މިލިއަނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: