ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެތެރޭގައި ޕާކިންއަށް ބިން ހަމަޖެއްސުމަށް ލޭންޑް ކޮމްޓީއަށް ހުށައަޅައިފި

މާލެ ތެރޭގައި ޕާކިންއަށް ބިން ހަމަޖެއްސުމަށް ލޭޑް ކޮމްޓީއަށް ހުށައަޅައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ތެރޭގައި ޕާކިންއަށް ބިން ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ލޭންޑް ކޮމެޓީއަށް ހުށައަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 151 ވަނަ ރަސްމީ އާންމު ޖަލްސާގައި މާލެ ތެރޭގައި ޕާކިންއަށް ބިން ހަމަޖެއްސުމަށް މަޝްވަރާ ކުރެވުނެވެ.

މިކަމާއި މުޙާތަބުކޮށް މާލެސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާރވީސް އިން ވަނީ ވަގުތީ ޕާކިންއަށް ތަނެއް ހޯދުމަށް އެދިވަޑައިގެންފައިކަމަށެވެ.

އެކަމާއި ގުޅިގެން ފުލުހުންނާއި، ޓްރާންސް ޕޯޓް މިނިސްޓަރީ އާއި ކައުންސިލުންގެ އެދުމުގެ މަތިން ޕާކިންއަށް ތަނެއް ހަމަޖެއްސުމަށް މަސައްކަތް ތަކެއް ކުރެވިގެންދާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މާލެ ތެރޭގައި އުނދަގޫވާ ގޮތަށް ޕާކްކޮށްފައިވާ ބައެއް ސަރަހައްދުތަކުން ވެހިކަލްތައް ޓޯކުރެވިގެންދާ ކަމަށް އާޒިމް ވަނީ ފާހަަކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްއާއި ޓްރާންސް ޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި ވާހަކަދެކެވި މި ވަގުތު މާލޭގެ ބައެއް ސަރަހައްދުގައި ބޭނުން ނުކޮށް ހުރި ހުސްބިންތަށް ވަގުޓީ ޕާކިންއަށް ބަދަލުކުރުމަށް މަސައްކަތް ތަކެއް ކުރިވިގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުުން އާޒިމް ވިދާޅުވީ، އީމާރާތް ކުރުމަށް ނިންމައިފައިވާ ބައެއް ސަރަހައްދުތަކުގައި މި ވަގުތު ޕާކިންއަށް ދޫކުރެވިފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން މިހާރު އިމާރާކުރުމަށް ހަމަޖެހިފައިވާ ބައެއް ސަރަހައްދު ތަކުގައި ޕާކިން ކުރުމަށް ޖާގަ ދިނުމަކީ ރަނގަޅު ވިސްނުމެއްތޯ އާޒިމް ވަނީ ޖަލްސާގައި ސުވާލު އުފައްދައިފައެވެ. އެހެން ނަމަވެސް އެ ސަރަޙައްދުތަކުގައި އިމާރާތްކުރަން ޖެހިއްޖެ ޙާލެއްގައި ޕާކިން ޒޯން ތަން ނަނގަން ޖެހޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

“ އައިޖީއެމްއެޗް ކައިރި ހުރި ތަނަކީވެސް އަޅުގަނޑުމެން ކޮންޓްރެކްޓްގެ ދަށުން ދީފައިވާ ތަނެއް، އެހެން ނަމަވެސް ވަގުތީ ޕާކިން އަކަށް ދީފައި އެ އޮތީ، ހީނާމާ ޕާކިންވެސް ބަޔަކަށް ދީފައި އޮތް ތަނެއް، ވަގުތީ ޕާކިންއަށް ދީފައި އެ އޮތީ، އެގޮތަށް ދީފައިވާ ބައިވަރު ތަންތަން އެބަހުރި ވަގުތީ ޕާކިންއަށް ދީފައި، އެތަނުގައި އިމާރާތް ހަދަންވީމައި ދެން ފަހުން އެ ޕާކިންއިން ނަގަން ޖެހޭނީ، އެގޮތަށް ހުރި ބޮޑެތި ބިންތަށް އެބަހުރި ޕާކިންއަށް ދީފައި، އެކި އިމާރާތްތައް ހަދަން ދީފައި، އެހެނަސް ވަގުތީ ޕާކިންއަށް ހަދާފައި “ އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޕާކިން ޒޯން ހެދުމަށް ފާހަގަކޮށްފައިވާ ތަންތަނަކީ:

  • މާލެ ހިޔާ ކަރީގައިވާ ހުސްބިން
  • ފުރުގާނު މިސްކިތް ކައިރީގައިވާ ހުސްބިން
  • ކާނިވާ ކެފޭ ބަރީގެ ކަރިގައިވާ ހުސްބިން
  • ސަލްމާން މިސްކިތް ކައިރި ( ފުޓްސެލް ދަނޑުގެ ) ބިއްދަށަށްވާ ހުސްބިން
  • ދަރުބާރު ގޭގެ އިރުމަތީގައިވާ ހުސްބިން
  • މަސްވެރިން ޕާކުގެ ފުރަގަހުގައިވާ ހުސްބިން
  • ޓިނު ޕާކު

އާޒިމް ވިދާޅުވީ މި ވަގުތު ފާހަގަކުރެވިފައިވަނީ 7 ތަނެއް ކަމަށާއި، މީގެ އިތުރަށް ހުރި ތަންތަން ބެލުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

“ މިސާލަކަށް އަމީނީ މަގު ދަނޑު ކުރިމަތީގައި، އޮތްތަން ވަރަށް ބޮޑަށް ނަޖިސްވެ މަދިރި ހެދި ބަންދުކޮށްފައި އޮންނަ ތަނެއް އެއީ، އެތަން ރޫޅާ ލުމަށްފަހު، އެތަން ސާފުކުރުމަށްފަހު ވަގުތީ ޕާކިންއަށް ހެނދުމުން މިސްކިތައްދާ މީހުންނަށާއި ސްކޫލަށް ދާމީހުންނަށް ޕާކިންއެއް ލިބުނީ، މަގު މަތީގައި ސްކޫލަށް ދާމީހުން ޕާކު ކުރާކަށް ނުޖެހޭނެ“ އާޒިމް ވިދާޅުވިއެވެ.

މި ކަމާއި ގުޅިގެން ޖަލްސާގައި މާލެ ސިޓީގެ ކައުންސިލުން ވާހަހަކަދެއްކުމަށް ފަހު، މާލެ ސަރަހައްދުގައި ޕާކިން ޒޯން ތަކެއް ހަމަޖެއްސުމަށް ލޭންޑް ކޮމެޓީއަށް ހުށައެޅުމަށް ވަނީ ނިންމއިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: