ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒްއާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މުޙާތަބު ކުރުމުން ސިހުރު ހަދާފައިވަނީ ސީދާ ރައީސްގެ ދެކަނބަލުންނަށް ކަމަށް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޝަރީފު ވިދާޅުވީ މައްސަލައިގެ ތަހުޤީޤު ކުރިއަށްދާ ކަމަށާއި މައްސަލައިގެ ތަހުގީގު ނިމުމުން ތަފްސީލް ހާމަކުރައްވާނެ ކަމަށެވެ.
މީޑިއާއަށް ވެސް އެނގިފައެއް ގޮތަށް އަޅުގަނޑުމެން މި ތަހުގީގު ކުރަމުން މިގެންދަނީ ހަމަ އެފަދަ ތުހުމަތެއް
ސިހުރުހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ރަމީޒް ސަސްޕެންޑްކޮށްފައި ވަނީ އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް، ރައީސް މުއިއްޒާ ”ގާތްވުމަށް“ ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނިކޮށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ޝަމްނާޒް ފުރަތަމަ ހުންނެވީ މުލިއާގޭގެ މަގާމެއްގައެވެ.
މި މައްސަލައިގައި ޝަމްނާޒް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

