ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ހުއްދަ ނުދިނުމުން ވަޅުލައިފި

ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ހުއްދަ ނުދިނުމުން ވަޅުލައިފި ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި މަރުވި ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ހުއްދަ ނުދިނުމުން ވަޅުލައިފިއެވެ.

ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އިއްޔެ ނިޔާފެފައި ވަނީ ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، އެވެ. ޖަމީލް ނިޔާވީ، ޖަލު އޮފިސަރުންގެ ފަރާޔުން ތަކުރާރުކޮށް ލިބެމުން ދިޔަ އަނިޔާތަކަށް ފަރުވާ ނުދެވި އިހުމާލުވުމުގެ ސަބަބުންކަމަށް ސޯޝަލް މީީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

ޖަމީލު ވަޅުލައިފައިވަނީ މިއަދު ފަތިސް ނަމާދަށް ފަހުގައެވެ. އާނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ލަސްތަކެއް ދިމާވިއެވެ. ސަބަބަކީ ފުލުހުންގެ ހުއްދަ ލިބިފައި ނުވާތީ ސިޓީ ކައުންސިލުން ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖެއްސިއެވެ. ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ހުއްދަ ނުދިނުމުން ފުލުހުންގެ ހުއްދައާއިއެކު އޭނާ ވަނީ ވަޅުލާފައެވެ. ޖަނާޒާގެ ކަންކަން ކުރިއަށްދިޔައިރު އެ ސަރަހައްދަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަޑައިގެންނެވިއެވެ.

އޭނާގެ އާއިލާގެ ބައެއް މެބްބަރުންނާއި، ގާތް މީހުންގެ އެކައުންޓުތަކުން ވަނީ ޖަމީލްގެ މޫނު މަތީގައި ނޫފައިގެންފައި ހުރި ތަންތަން ހުރިކަމަށް ބުނެ ފޮޓޯތައް ވެސް ޕޯސްޓުކޮށްފަ އެވެ. އަދި އެއީ ދީފަ ހުރި އަނިޔާތަކެއްކަމަށް ލިބުނު ރިޕޯޓެއް ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ޖަމީލް ނަމާދު ކުރާ ތަން ސީސީޓީވީ ފުޓޭޖުން ފެންނަކަމަށާއި، އޭނާ ނިޔާވީ ސަޖިދައިގައި އޮއްވައިކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަހުގީގުތައް ހިންގާ އިދާރާތަކަށް އެ ސީސީޓީވީ ހިއްސާނެ ކުރާނެކަމަށެވެ.

ޖަމީލަށް ވީ ގޮތެއް ބެލީ، އެނގިފައިވާ ގޮތުން ގޮޅިން ބޭރަށް ނުނިކުމެ ހަރަކާތެއް ނުކޮށް ގިނަ އިރު ވުމުންނެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވިކަމަށް، ޑޮކްޓަރު ކަނޑައެޅީ ހުކުރު ދުވަހުގެ މެމްބަރު 12:45 ގަ އެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ޖަލުގައި ކޮންމެ ގައިދީއެއް ނިޔާވިޔަސް، އެކަން ހިނގައިދިޔަ ގޮތުގެ މިނިވަން ތަހުގީގުތައް ހިންގާ ކަމަށެވެ. އަދި ޝައްކު އުފެދޭ ކަމެއް ފާހަގަކުރެވޭ ހާލަތެއްގައި، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެފަދަ ތަހުގީގެއް ހިންގާނެކަން އިހުސާން ފާހަގަކުރި އެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 57%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސޯޝަލް މީޑިއާ އަށްތަ އިނގެނީ ކަންވީގޮތް، މީޑިއާތަކަށް އާއިލާގެ ބަހެއް ކީއްވެތަ ނުހޯދެނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: