ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ ޑެޕްޓް މެނޭޖްމެންޓް އޮފީސް “ ގާއިމް ކުރުމުން ރައްޔިތުންނަށް ސައްޙަ މަޢުލުމާތު ލިބޭނެ: އަޒާނު

" ޑެޕްޓް މެނޭޖްމެންޓް އޮފީސް " އާއެކު ރައްޔިތުންނަށް ސައްޙަ މަޢުލުމާތު ލިބޭނެ: އަޒާނު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަންޏާ ބެހޭ ގާނޫނުގެ ދަށުން އުފައްދާ “ ޑެޕްޓް މެނޭޖްމެންޓް އޮފީސް “ އާއެކު ރައްޔިތުންނަށް ސައްޙަ މަޢުލުމާތު ލިބޭނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުނ،ް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވަފައިވާ، ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ އިބްތިދާހީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަޒާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ދަރަނި މެނޭޖުކުރާނެ ގޮތުގެ އޮފީހެއް އެކުލަވައިލުމަށް ބިލުގައި ހިމަނައިފައިވާ ކަމަށާއި އަދި އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.

އަޒާން ވިދާޅުވީ، “ ޑެޕްޓް މެނޭޖްމެންޓް އޮފީސް “ އާއެކު ދަޢުލަތުގެ ދަރަނިއާއި ބެހޭ ގޮތުން ސައްޙަ ސާފު މަޢުލޫމާތު ދިވެހި ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށެވެ. އަދި އެކަމުން އެންމެ ބޮޑު ފައިދާއަކީ ބޭރުގެ ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކުގައި، ރާއްޖެއަށް ފައިސާ ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދިއުން ކަމަށެވެ. އަދި މިއަދު ބަހުސް ކުރައްވަމުން ގެންދަވާ ބިލާއި ބެހޭ ގޮތުން ވާހަކަ ދެކެވިގެންދާއިރު، ދަޢުލަތުގެ ދަރަނި އާއި ބެހޭ ގޮތުންވެސް ވާހަކަ ދެއްކުން މުހިންމު ކަމަަށް ވަނީ ވިދާޅުވެފައެވެ.

އަޒާން ވިދާޅުވީ، ދިވެހި ދަޢުލަތުގެ ދަރަނި މިހާރު އޮތީ އަތް ނުފޯރާ ހިސާބަށް ގޮސްފައި ކަމަށެވެ. އެގޮތުން 120 ބިލިއަން ރުފިޔާއިން ދިވެހިރާއްޖެ ދަރަނިވެފައިވާ ކަމަށާއި މިފަދަ ޙާލަތެއް އުފެއްދީ މި ސަރުކާރަކުން ނޫން ކަމަށެވެ. އަޒާން ފާހަގަކުރެއްވީ މިހާރުުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ދަޢުލަތުގެ ދަރަނި އޮތީ 120 ބިލިއަން ރުފިޔާއަށް އަރައިފައި ކަމަށެވެ. ދަރަނި ނެނގުމަކީ އެއްވެސް ޙާލެއްގައި ގޯސްކަމެއް ނޫން ކަމަށާއި ނަމަވެސް އާޙިރުގެ ނަތިއްޖާ ނިކުންނާނި އެއިން ކުރާ ޙަރަދަކުން ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ފެނިގެންދިއައީ 60 ބިލިއަން ރުފިޔާގެ ދަރަނި އިތުރު ކުރެވިގެން ދިޔަ މަންޒަރު ކަމަށާއި ނަމަވެސް، ދަޢުލަތަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން އެ ފައިސާއިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އޭރު ނެނގި ދަރަނިން މައިގަނޑު ގޮތެއްގައި ކުރެއްވިކަމަކީ ރިކަރަންޓް ހަރަދު އިތުރުކުރުން ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި މަޝްއޫރުތައް ހިންގުން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު ތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ވަރަކަށް އިތުރު ފައިސާ އަދި އިޤްތިސާދު ފުޅާވާނެ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

“ މިސާލަކަށް ފެނަކައިން އެކި ރަށްރަށުގައި ޒަމާނީ އިންޖީނުގެ ނަމުގައި ބޮޑެތި ބިލްޑިން ތަކެއް އަޅައި އަސްލު އަނގާއި ނުބައްދަލު އަގުތައް ކިޔައި ބަޔަކު މުއްސަދި ވިތަން އަޅުގަނޑުމެންއަށް ފެނުނު، އެކި ރަށްރަށުގައި މަލްޓި ޕާޕޯސްހޯލް އެޅުމުގެ ނަމުގައި، މިފަދަ ކޮރައްޕްޓް އެތައް މަޝްއުރުތަކެއް ހިންގި މަންޒަރު ފެނިގެން ދިޔަ“ އަޒާން ވިދާޅުވިއެވެ. 

އަޒާން ވިދާޅުވީ، ކުރީގެ ސަރުކާރުން އުފެއްދި ދަރަނިއާއި މިއަދު ހަވާލުވާން ޖެހިފައިވާ ކަމަށާއި އަދި މިއަދު ސަރުކާރުން އެކަންތައްތައް ކުރިއަށް އޮތް ދުވަސް ތަކުގައި މެނޭޖްކުރަން ހުށަހެޅި ބިލަކީ ކުރިއަށް އޮތްތާގައި، އެހެން ވެރިކަމެއް އައި ކަމުގައިވީ ނަމަވެސް ތަކުރާރު ނުކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ބިލެއް ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: