ލޯކަލް ކައުންސިލްގެ ޤާނޫނުގެ ދަށުން، އެ ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން ކައުންސިލްތަކުން ބޭނުންކުރަމުން އަންނަނީ އެއްވެސް މާލީ ޒިންމާދާރު ކަމެއް ނެތި ކަމަށް ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، ފިސްކަލް ޒިންމާވުގެ ބާރު ދަޢުލަތުގައި ނެތް ބައެއް ޙާލަތްތައް، މިހާރު ޤާނޫނުގެ ދަށުން ވުޖޫދުވެފައިވާ ކަމަށެވެ. އެގޮތުގެމަތިން ލޯކަލް ކައުންސިލްގެ ޤާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން، ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާކަމެއް ނެތި ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ، ބޮލޮކް ގުރާޓްގެ ގޮތުގައި 2024 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ސަރުކާރުން ކައުންސިލްތަކަށް ދެއްވައިފައިވާ ކަމަށެވެ. އަދި އިޤްތިސޯދު ދަތިވެފައިވާ ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ކުރައްވައި މަސައްކަތްތަކަށް ބަލާއިރު، އެ ބޭފުޅުން ބޭންކޮކް، އާއި ތުރުކީއަށް ދަތުރު ކުރަވަމުންދާ ކަމަށް ވަނީ އާޒިމް ވަނީ ފާހަގަކޮށްފައެވެ. އަދި އަންނަ ޖުލައި 26 ބަންދުގައި ހއ. އަތޮޅުރަށުގެ ކައުންސިލަރުން ވަނީ ބެންކޮކް ދަތުރެއް ރާވައިފައިި ކަމަށް ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ، 2024 ވަަނަ އަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް އަދި 3 ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 8،3778.96 (އަށްލައްކަ ތިރީސް ހަތްހާސް ހަތްދިހަ އަށެއް، ނުވަދިހަ ހަ ލާރި) ޙަރަދު ކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
2024 ވަަނަ އަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް އަދި 3 ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 8،3778.96 ( ގައްލައްކަ ތިރީސް ހަތްހާސް ހަތްދިހަ އަށެއް ، ނުވަދިހަ ހަ ލާރި ) ޙަރަދު ކޮށްފައިވެ.. ޑޮލަރު ގަތީ ކަޅު ބާޒާރުން..17.65 ލާރިއަށް..
ނާޒިމް ވިދާޅުވި، ރާއްޖޭގެ އިޤްތިސޯދު ހަމަ މަގަށް އެޅުއްވުމަށް މިއަދު އެންމެން ޒިންމާދާރުވާން ޖެހޭ ކަމަށާއި ރައްޔިތުން ކޮންމެ ބޭފުޅަކުވެސް އިންތިހާބަކަށްފަހު ހޮވައިފައިވަނީ ހަރުދަނާ ގޮތެއްގައި ޒިންމާ އަދާކުރަން ކަމަށެވެ. އަދި ދަޢުލަތުގެ ވިސްނުމާއި އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުންވެސް ބަދަލުވާންޖެހޭ ކަމަށް އާޒިމް ވަނީ ފާހަގަކޮށްފައެވެ.

