ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 5 ދުވަހު މަސްގަންނަ އަގުތައް ހާމަކޮށްފި

މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯ ކުންފުނިން ކުރިއަށް އޮތް 5 ދުވަހު މަސްގަންނަ އަގުތައް ހާމަކޮށްފިއެވެ.

މިފްކޯއިން ބުނެފައިވަނީ 01 ޖުލައި އިން ފެށިގެން 05 ޖުލައި 2024 ގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުން މަސް ގަންނަ އަގުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އައިސް މަހާއި އަދި ކަނޑުމަހުގެ ކަންނެލީގެ 1.5 ކިލޯ އިން މަތީގެ އަގަކީ 16.00 ރުފިޔާ ކަމަށާއި އަދި އައިސް ނަޅައިހުރި ކަނޑު މަހާއި ކަންނެލީގެ 1.5 ކިލޯއިން މަތީގެ އަގަކީ 14.00 ރުފިޔާ ކަމަށެވެ. އަދި އައިސް މަހާއި ކަނޑުމަސް ކަންނެލި 1.5 ކިލޯއިން ދަށުގެ އަގަކީ 07.00 ރުފިޔާ ކަމަށް ވާއިރު އައިސް ނާޅައިހުރި ކަނޑުމަހާއި ކަންނެލިގެ 1.5 ކިލޯއިން ދަށުގެ އަގަކީ 05.00 ރުފިޔާ ކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ޤަވައިދުން ނުލިބޭ ކަމަށް މަސްވެރިން ބުނެއެވެ. ވެރިކަމާއި ހަވާލުވެ މިއަދާއި ހަަމައަށް އައިރު މަސްވެރިން މި އަހަރުގެ 3 ފަހަރެއްގެ މަތިން ފައިސާ ނުލިބޭ ކަމަށް ގޮވާލައި އިހުތިޖާޖު ތަކެއްވެސް ވަނީ ހިންގައިފައެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް މިނިސްޓަރ ޝިޔާމް ވަނީ އެތަނަށް ވަޑައިގެން މަސްވެރިންނާއި މުޙާތަބު ކޮށްފައެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، ވެރިކަމާއި ހަވާލުވުމަށްފަހު މިވީ މުއްދަތު ތެރޭގައި ތެލާއި، އައިސްގެ ސަބްސިޑީ ހިމެނޭ ގޮތަށް މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން މިފްކޯގެ މަލީ ހާލަތު ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމުގެ ދަރަނި ހުރީ 126 މިލިއަނަށް އަރާފައި ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ގައުމުގެ ޙާލަތު މިސް މެނޭޖް ކުރުމުގެ ސަބަބުން ޖީޑީޕީއާއި އުފެއްދުންތެރިކަމުގެ ނިސްބަތަށް އަސަރުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ވަނީ ފާހަގަކޮށްފައެވެ.

2020 ވަނަ އަހަރު މަސް ކިލޯއެއްގެ އަގު ހުރީ 16 ރުފިޔާ އަށެވެ. މިކަމާއި ގުޅުވައި މިނިސްޓަރ ވިދާޅުވީ، ރިޔާސީ އިންތިޙާބާއި ދިމާކޮށް، ވޯޓު ހޯދުމުގެ ނިޔަތުގައި އެމްޑިޕީގެ ސަރުކާރުން ކަޅު ބިލަމަހުގެ މަސް ކިލޯ އެއް 25އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި 2023 ގެ ސެޕްޓެމްބަރ މަހަށްފަހު މަސްވެރިންނަށް ފައިސާ ދީފައިނުވާ ކަމަށާއި އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ރޯދަ މަހާއި ދިމާކޮށް 200 އަށް ވުރެން ގިނަ މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިއަދުގެ މިހާތަނަށް އައިރު 353 މިލިއަން ރުފިޔާ ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާއިރު މިފްކޯއަށް ލިބިފައިވާ އާމްދަނީއިން އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ވަނީ ސަރުކާރާއި ގުޅިގެން ކުރެވުނު މަސައްކަތުން 2 ޖުލައި 2024ގައި ފައިސާ ދޫކުރުމަށް ތައްޔާރުވެފައިވާ ކަމަށް ޢިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: