ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ ސަބް ސްޓޭޝަންގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްއެއް ވަގަށް ގެންގޮސްފި

މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ވަގަށް ގެންގޮސްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުރި ސްޓެލްކޯގެ ސަބް ސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ވަގަށް ނަގައި އަނެއް ކޭބަލް ވެސް ގެންދަން މަސައްކަތްކޮށްފި އެވެ.

ކޭބަލް ވަގަށް ގެންދިޔަ، ޓްރާންސްފޯމަރުން ކަރަންޓު ދޭ ބައެއް ސަރައްހަދުތަކުގެ ކަރަންޓު މިއަދު ހެނދުނު ކެނޑުނެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުންފުނިން މަސައްކަތް ކުރަމުންދާއިރު ފަހުމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުރި ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، އަނެއް ކޭބަލް ވެސް ގެންދަން މަސައްކަތްކޮށްފައިވާކަމަށެވެ.

ފަހުމީ އެކްސްގައި ކުރި ޕޯސްޓުގައި ޓްރާންސްފޯމަރުގެ ފޮޓޯ ވެސް އާންމު ކުރިއިރު، އޭގެއިން ފެންނަ ގޮތުގައި ދެވަނަ ކޭބަލް ވަނީ އެއްކޮށް ބުރިކޮށްލާފަ އެވެ. ބެލެވޭ ގޮތުގައި އެ ކޭބަލް ނުގެންދެވުނީ، ކޭބަލްގެ އަނެއްކޮޅުން އެ ވަކިކޮށް ނުލެވުމުންނެވެ.

މިގޮތަށް ކޭބަލް ވަކިކޮށް ގެންދަން މަސައްކަތް ކުރުމުގެ ތެރޭގައި، އެ މީހެއްގެ ފުރާނައަށް ގެއްލުންވާ ވަރުގެ ކަމެއް ވެސް ހިނގުމުގެ ފުރުސަތު އެބައޮތްކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ އިތުރަށް އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމްވެ ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްތަކައި އެފަދަ ފަރާރްތަކާއި މެދު އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: