ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ގާއިމު ކުރަނީ!

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ގާއިމްކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރަށްވެހިންގެ ޖިސްްްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އިސްރަށްވެހިންގެ ނާދީއެއް ހުޅުމާލޭގައި ގާއިމްކުރުމަށް ނިންމައިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ވިދާޅުވެއްޖެއެވެ.

ލަހުފާ އިޖުތިމާއީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް އެޅުމަށް، އެޗްޑީސީ އާއިއެކު މަޝްވަރާކުރެވި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އެ އިމާރާތުގެ މަސައްކަތްނިމި އެތަން ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަށް ފެށިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އިސްރަށްވެހިންގެ ނާދީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެޅުމަށް ނިންމައިފައިވާ ކަމަށް ލަހުފާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި އެފަދަ ނާދީތަށް އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތުގެ ތެރެއިިން އައްޑޫ ސިޓީ މީދޫގައި ނާދީއެއް ޤާއިމްކުރުމަށް ހަވާލުކުރެވިފައިވާ ކަމަށާއި އަދި އެތަނުގައި ޕްރޮގުރާމްތައްރާވައި ކުރިއަށް ގެންދިއުމަށް މަޝްވަރާތަކެއް ކުރެވިފައިވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ފ.އަތޮޅު ނިލަންދޫގައި އިސްރަށްވެހިންގެ ނާދީއެއް ގާއިމްކުރުމަށްޓަކައި ބޭނުންވައި ބިން ހޯދުމަށް، އެ ރަށުގެ ކައުންސިލުންނާއި މަޝްވަރާކުރެވި ބިން ކަނޑައެޅިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެތަނަށް ބޭނުންވާ ތަކެތި ފުރިހަމަކުރުމަށްޓަކައި އެސްޓީއޯ އަށް ޕްރޮޕޯސަލް ހުށަހަޅައިފައިވާނެ ކަމަށް ލަހުފާ ވިދާޅުވިއެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިއްބެވި އިސްރަށްވެހިންނަށް ޙާއްސަކުރެވިގެން، އެ ބޭފުޅުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ހިންގެވި ޕްރޮގުރާމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށާއި އަދި އެމަސައްކަތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ރަށްރަށުގައި ތިއްބަވައި ކައުންސިލްތަކާއި އެންޖީއޯތަށް އަދި ސަރުކާރުގެ އިދާރާތައް ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: