ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތައް ކޯޓުގައި އަވަހަށް ހިނގައި، ވާނުވާ މައްސަލަތައް ހައްލު ކުރުމަށް ހުށަހެޅުންތެއް!

ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގައި ޝަރީއަތްތައް ލަސްވެ، އަޑުއެހުންތައް ދިގުލައިގެން ދާ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެނެވިދާނެ ބައެއް ބަދަލުތައް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޖޭއެސްސީ ހިމެނޭހެން ކަމާއި ގުޅުން ހުރި އިދާރާތަކާއި ބައްދަލުކޮށް މިއަދު ކުރިޔަށް ގެންދިޔައީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިތަކާއި މައްސަލަތައް ލަސްވާ ސަބަބާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ބައެއް މަޝްވަރާތަކަށް އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއާއި ކޮމިޓީގައި ޝަރީއަތްތައް ދިގުލައިގެން ގޮސް ކުށުގެ ތުހުމަތުގައި ތިބޭ މީހުންގެ ބަންދު ވާނުވާއަކަށް ވާ މައްސަލައަށް މަޝްވަރާ ކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތް ލަސްވާތީ އެކަމަށް މެމްބަރުން ކުރި ސުވާލަށް ސުއޫދު ވިދާޅުވީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމަކީ ޝަރީއަތްތައް ލަސްވާ 50 އިންސައްތަ ކަމަށެވެ. އަދި އޭގެ އަނެއް ބައި ހައްލު ކުރުމުގެ ބާރު އޮތީ ފަނޑިޔާރުންގެ އަތްމަތީގައިކަމަށް ސުއޫދު ވިދާޅުވި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ، ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތް މިއަދުގެ ނިޔަލަށް ނިމޭނެކަމަށް ލަފާ ކުރެވުނު ނަމަވެސް އެއީ ވަގުތީ ހައްލަކަށް ވުމުގެ ފުރުސަތު އެބައޮތްކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ ސަބަބަކީ ބޮޑު ހޭދައެއްކޮށް ހަދާ އެ އިމާރާތް ބޭނުން ކުރަން ލިބެނީ ފަސް އަހަރުކަމަށް ވާތީ އާއި މަތީ ފްލޯއެއް ކޯޓަށް ބޭނުން ކުރަން ޖެހޭތީ ސެކިއުރިޓީގެ ގޮތުން ދެން އަންނާނެ ދަތިތަކެވެ.

ސުއޫދު ވިދާޅުވީ ކޯޓުތަކަށް ދާއިމީކޮށް އިމާރާތެއް ލިބެން ޖެހޭކަމަށާއި، ޝަރީއަތްތައް ފުނި ޖެހި ދިގުލައިގެން ދިއުން ހައްލު ކުރެވޭނެ އެއްގޮތަކީ އެއީކަމަށެވެ.

މައްސަލަ ހައްލު ވާނެ އިތުރު ގޮތްތައް ގާނޫނުގައި ބަޔާން ކުރާއިރު، ސުއޫދު ވިދާޅުވި ގޮތުގައި އެ އުސޫލުގެ ދަށުން ޝަރީއަތުގެ ތާވަލެއް އެކުލަވާލުން ވެސް މުހިންމެވެ. ދެ ޝަރީއަތެއް ދެމެދު ހަ މަސް ދުވަސް ނެގުމަކީ، އެއީ ވަރަށް ގިނަ ދުވަސްކަމަށާއި ސިލްސިލާކޮށް ކެންސަލް ނުވެ ޝަރީއަތްތައް ކުރިޔަށް ގެންދިއުމަކީ އެއީ އިންސާފަށް އެޅޭ ފިޔަވަޅެއްކަމަށް ސުއޫދު ވިދާޅުވި އެވެ.

މިހާރު މައްސަލަތައް ބަލާ ގޮތަކީ، އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން… މިސާލަކަށް، މިއަދު އަޑުއެހުމެއް އޮތިއްޔާ ދެން ހަ މަސް ދުވަސް ފަހުން ވެސް އޮވެދާނެ

ސުއުދު ވިދާޅުވީ ކޯޓުތަކުގެ ގާނޫނު އިސްލާހުކޮށް ކޮންމެ ގާޒީއަކަށް އެހީތެރިއެއްގެ ގޮތުން މެޖިސްޓްރޭޓު ފެންވަރުގެ ބޭފުޅެއް ހަމަޖެއްސުމަކީ ވެސް ރަނގަޅު ބަދަލަކަށް ވާނެކަމަށެވެ. ސުއޫދު ވިދާޅުވީ އެ އިސްލާހު ގެނައުމުން، އިބްތިދާއީ މަރުހަލާ އެހީތެރިޔާ ގެންދިއުމަށް ފަހު ޝަރީއަތް ކުރުމުގެ ބައި ގާޒީއަށް ކުރިޔަށް ގެންދެވިދާނެކަމަށެވެ.

އެހެންވީމަ ގާނޫނަށް އިސްލާހު ގެނެސްގެން ކަނޑައަޅަންވީ، އެންމެ ފުރަތަމަ ދާން ޖެހޭނީ މީޑިއޭޝަނަށޭ، އެހެން އިޖުރާއަތްތަކުގެ ކުރިން އޭރުން މައްސަލަ ހައްލުވާނެ..

މި ބައްދަލުވުމުގައި ސުއޫދު ވަނީ ޝަރީއަތްތައް ލަސްވާ މައްސަލަ ހައްލު ކުރުމަށް، މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނެވިދާނެ އިސްލާހުތައް ވެސް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ސުއޫދު ވިދާޅުވީ މައްސަލަ ފެށުމުގެ ކުރިން ހުއްޓިފައި އޮތް މީޑިއޭޝަން މަރުހަލާ އަލުން ފަށައި، ބެކްލޮގް ނައްޔާލުމެވެ. އެ ބަދަލު ގެނައުމުން ސުއޫދު ވިދާޅުވީ ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 60 އިންސައްތަ މަސައްކަތް ހައްލު ކުރާނީ މީޑިއޭޝަންގެ ތެރެއިން އެ ދުވަހުން އެ ދުވަހަށް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: