ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުތައް އެއްވެފައިވާ ފިކުރުގެ ވެރިކަމުގައި އަބަދުވެސް އަނިޔާވެރިކަން އިތުރުވޭ: ބިގޭ

ކުރީގެ މެމްބަރު މުހައްމަދު ރަޝީދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ރާއްޖޭގައި އަނިޔާވެރިކަން އިތުރުވެގެން އަންނަ ކަމަށް މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު(ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ދަނޑިކޮށި ޖަގަހައިގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކުރީގެ މެމްބަރު ރަޝީދު ވަނީ ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް އިތުރުވެފައިވާކަމުގެ މައްޗަށް އަލިއަޅުއްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރަޝީދު ވިދާޅުވީ، އެމްޑީޕީއިން ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ދެމެހެއްޓުމުގެ ގޮތުން ޒުވާން ޖީލުތަކުގެ އަމިއްލަ އިސްނެގުމުގެ މަތިން މަސައްކަތްތައް ކުރަން ފަށަންވީ ވަގުތު އައިސް ޖެހިފައިވާކަމަށެވެ.

ރަޝީދު ވިދާޅުވީ، އެ ގޮތަށް އަމަލުނުކޮށްފި ހާލަތެއްގައި އެތައް ޒަމާންތަކެއްގެ މަތިންކޮށްފައިވާ ބުރަ މަަސައްކަތްތަކުގެ ތެރެއިން ހާސިލުކޮށްފައިވާ މިނިވަންކަން ރައްޔިތުންގެ އަތުން ގެއްލިގެން ހިނގައިދާނެކަމަށާއި ރާއްޖޭގައި އަނިޔާވެރިކަން އިތުރުވެގެން ގޮސްދާނެކަމަށެވެ. އޭނާ ވިދާޅުވީ، ބާރުތައް އެއްވެފައި އޮތް ވެރިކަމެއްގެ ތެރޭގައި އަނިޔާވެރިކަމާއިއެކު އިތުރަށް ބާރުވެރިވުމަށް މަސައްކަތް ކުރަމުންދާ ފިކުރުގެ ތެރެއިން ތަފާތު ނަން ނަމުގައި އުފެދެމުންދާ ޕާޓީތަކުގެ ތެރެއިން އެ ފިކުރު އެގޮތުގެ މަތިން ދަަމަހައްޓަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، ވެރިކަމަށް އާދެވޭ ކޮންމެ ފަހަރެއްގައި މަޖިލިސް ތެރެއިންވެސް ބާރުވެރިކަން ހާސިލުކުރުމަށް މަސައްކަތްކުރާކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއަށް ވެރިކަމަށް އާދެވުމުން މަޖިލީހުގެ މެޖޯރިޓީ އޮތްނަމަވެސް މަސައްކަތްތައް ކޮށްފައިވާނީ އިންސާފުވެރިކަން ގާއިމުކުރުމަށްކަމަށާއި އަނިޔާވެރިކަން ނެތް ދުލާއި ގަލަމުގެ މިނިވަންކަން އޮތް ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދިނުމަށްކަމަށެވެ.

ރަޝީދު ވިދާޅުވީ، އިސްލާހަށް މަސައްކަތްކުރި ފިކުރުގެ ތެރެއިން އުފެދުނު އެމްޑީޕީ އަދިވެސް މަސައްކަތްކުރަމުންދަނީ އެ މިސްރާބަށްކަމަށެވެ. ނަމަވެސް ޒަމާނުއްސުރެ އެއްވެފައި އޮތް ބާރެއްގެ ތެރެއިން ވުޖޫދުވި ފިކުރުގު މަތިން ތަފާތު ނަން ނަމުގައި އުފައްދަމުން އަންނަ ޕާޓީތަކުން އަބަދުވެސް މަސައްކަތްކުރަނީ ބާރުވެރިކަން އިތުރުކުރަންކަމަށް ތަކުރާރުކުރެއްވިއިރު، އެ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި އަނިޔާވެރިކަން އިތުރުވެގެން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، ޖަލުތަކުގައި އަނިޔާވެރިކަން ނައްތާލުމަށް ގިނަ ބަޔަކު މަސައްކަތްކުރިކަމަށެވެ. އަދި އެ ޖަލުތަކުގެ އަނިޔާވެރިކަން ތަޖުރިބާ ކުރެވިފައިވާ އެތައް ބަޔަކު ތިބިކަމަށް ވިދާޅުވިއިރު އޭނާ ވެސް ހިމެނިވަޑައިގެންފައިވާނެކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ 15 އަހަރުގެ ހުކުމެއް ކުރިކަމަށާއި 9 އަހަރު ޖަލުގައި ހޭދަކުރެއްވިއިރު ނުވަންނަ ޖަލެއް ނުހުންނާނެކަމަށާއި އަނިޔާވެރިކަމެއް ނުލިބޭ ގޮޅިއެއް ނުހުންނާނެކަމަށްވެސް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އާއިލާ އާއި ގާތް ތިމާގެ މީހުން މެދުވެރިކޮށް ޖަލުގައި ތިބެގެންވެސް ބުރަ މަސައްކަތްތަކެއް ކުރެވުނުކަމަށާއި އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖެއަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން އައިސް ޖަލުގެ މައްސަލަތައް ހައްލުކުރުމުގައި ކުރިއެރުންތަކެއް ލިބިގެންދިއުންކަމަށެވެ. ރަޝީދު ވިދާޅުވީ، ގޯނިގަނޑެއްގެ މަތީގައި އޮވެ ނިދި ނިދުން އައްޓަކަށް ބަދަލުވެ ފެންވަރާނެ އިންތިޒާމުން ފެށިގެން އައިސް ގޮދަޑިއެއް ލިބޭ ހިސާބަށް ކަންކަން ކުރިއަށް ގެންދެވުނީވެސް އެތައް ބައެއްގެ ބުރަ މަސައްކަތުންކަމަށެވެ.

އެހެންކަމުން އެ ކަންކަން އެގޮތުގެ މަތީގައި ދެމެހެއްޓުމަށްޓަކައި އަދިވެސް މަސައްކަތްކުރަންޖެހޭކަމަށާއި ބާރުތައް އެއްވެފައިވާ ފިކުރުގެ ތެރެއިން އުފެދިގެން އަންނަ ކޮންމެ ވެރިކަމެއްގައިވެސް ފެނިގެންދަނީ އެ ބާރުތަކުގެ ބޭނުންކޮށްގެން ރައްޔިތުންނާއި މަޖިލީހުގެވެސް ބާރު ކަނޑުވާލާ މަންޒަރުކަމަށް ވިދާޅުވިއެވެ. އަދި ފެންނަމުންދަނީ ބާރުތައް އިތުރަށް އެއްކުރުމަށް މަސައްކަތްކުރާ މަންޒަރުކަމަށާއި ރާއްޖޭގައި އަނިޔާވެރިކަން އިތުރުވަމުންދާކަމުގެ ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: