ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތުތައް ހާމަކުރުމާ ދެކޮޅެއް ނޫން، އާރުޓީއައިގެ ހައްގު ސަރުކާރުން ކަށަވަރުކޮށް ދޭނެ: އަޒާން

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަން ނުފެންނަކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވޯޓު ދެއްވިކަމަށް މީޑިއާތަކުން ކުރި ރިޕޯޓަށް އޭނާ ރައްދުދީފި އެވެ.

”ދިޔަރެސް“ ގެ ކުރީގެ ނޫސްވެރިޔާ އަޒާނަކީ މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެންމެ ގިނަ މައްސަލަތައް ހުށަހެޅި އެކަކެވެ. އަދި އެ ގާނޫނުގެ ދަށުން މައުލޫމާތު ލިބެން ޖެހޭކަމަށް އެންމެ ބޮޑަށް ވަކާލާތުކޮށް، ކުރީ ސަރުކާރުގެ މައުލޫމާތުތައް ސިއްރު ކުރުމުގެ ސިޔާސަތަށް ފާޅުގައި ފާޑުވިދާޅުވެ އައިކޮމްގެ ނިންމުންތައް ތަންފީޒު ކުރުވުމަށް މައްސަލަތައް ހައިކޯޓަށް ވެސް އަޒާން ހުށަހަޅާފައި ވެއެވެ.

އޭގެ ތެރޭގައި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރާ މައްސަލައާއި، އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ހުށަހެޅި މައްސަލަތައް އަދި ބައެއް އެހެން އެއްބަސްވުންތަކުގެ ތަފްސީލު ހޯދަން ހުށަހެޅި މައްސަލަތައް ހިމެނެ އެވެ. އަދި ދަތުރުތަކުގެ ހަރަދުތަކުގެ ތަފްސީލު ހޯދަން ވެސް އަޒާން ވަނީ މަސައްކަތްކޮށްފަ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ އެމްޑީޕީގެ ޑެޕިއުޓީ ޕާލިމަންޓް ގުރޫޕްގެ ލީޑަރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. ސަރުކާރު މެމްބަރުންގެ ސުޕަ މެޖޯރިޓީއެއް އޮތް، މަޖިލީހުން އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީން އެ ދުވަހުގެ ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

މައުލޫމާތުތައް ލިބެން ޖެހޭނެކަމަށް ވަކާލާތު ކުރުމަށް ފަހު، އަޒާން މަޖިލީހުގައި ކުއްލި މައްސަލައާއި ދެކޮޅަށް ވޯޓު ދެއްވުމުން އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހަޅައިގެން އެއަށް ބަހުސް ކުރުން ފިޔަވައި ދެން ނިކުންނާނެ ނަތީޖާއެއް ނެތްކަމަށެވެ. އެހެންކަމުން އެމްޑީޕީން ބޭނުންވާ ގޮތަށް މަޖިލީހުގެ ވަގުތު ނަގާލައި ބޭކާރު ކުރުމަށް ފުރުސަތު ދިނުމަށް ވުރެ މަޖިލީހުގެ ތެރެއިން ކުރަން ހުރި މާ މުހިންމު މަސައްކަތްތަކެއް އެބަހުރިކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވި ގޮތުގައި އޭނާ އެ މައްސަލަ ބޭރު ކުރަން ވޯޓު ދިނީ، އެމްޑީޕީގެ މަގްސަދަކީ މަޖިލީހުގެ ވަގުތު ބޭކާރު ކުރުންކަމަސް ވާތީ އެވެ. މައުލޫމާތު ހާމަކުރުމާ ދެކޮޅު ނޫންކަމަށާއި، ސަރުކަރުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރާނެކަމަށް އަޒާން ވިދާޅުވި އެވެ.

ވޯޓު ދިނީ އެމްޑީއިން މަޖިލީހުގެ ވަގުތު ބޭކާރު ކުރުމަށް ހުށަހެޅި މައްސަލައަކަށް… މައުލޫމާތު ހާމަކުރުމާ ދެކޮޅަކަށް ނޫން.. ސިޔާށީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަކުރާނެ… ރައީސް ޑރ. މުއިއްޒު ވަނީ އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައި..

މީގެއިތުރުން އަޒާން ވިދާޅުވީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރުޓީއައިތަކަށް ކޮންމެ ސަރުކާރަކުން ވެސް އަމަލު ކުރަން ޖެހޭނެކަމަށާއި މި ސަރުކާރުން އެ މައުލޫމާތު ފޮރުވަން މަސައްކަތެއް ނުކުރާނެކަމަށެވެ. އަދި އެމްޑީޕީއަކީ ކުރާ އެއްވެސް މަސައްކަތެއްގައި އެއްވެސް އިހުލާސްތެރިކަމެއް އޮތް ޕާޓީއެއް ނޫންކަމަށް އަޒާން ވިދާޅުވި އެވެ. އެގޮތުން އެ ޕާޓީގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ހުށަހެޅި މައްސަލައަށް އޭރުގެ ސަރުކާރުން އެއްވެސް އިޖާބައެއް ނުދިންކަމަށް އަޒާން ވިދާޅުވި އެވެ.

ދެން އެމްޕީއަކީ މިކަމުގައި އެއްވެސް އިހުލާސްތެރިކަމެއް އޮތް ޕާޓީއެއް ނޫން، އެ ބޭފުޅުންގެ ވެރިކަމުގައި އަޅުގަނޑު ހުށަހެޅި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމުގެ މައްސަލައެއް ވެސް ނުނިމޭ.. އެ މައުލޫމާތުތައް ލިބިފައެއް ވެސް ނުވޭ

އަޒާން ވިދާޅުވީ އާރުޓީއައިގެ ގާނޫނަށް އޭނާ ދެކޮޅެއް ނޫންކަމަށާއި، އަދި މީގެ ކުރިން އޭނާގެ ހުރި ގަބޫލު ކުރުންތަކަށް އެއްވެސް ބަދަލެއް ވެސް ނާންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: