މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ސަރވޭއެއްކޮށް، ސްޓަޑީއެއް ހަދާދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ގެޒެޓުގައި ކުރި އިއުލާނެއްގައި އެދިފައިވަނީ، މި ސާރވޭގެ މަސައްކަތްތަކަށް ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކުން 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހ.ހުޅުގަލި 1ވަނަ ފަންގިފިލާ، ކަރަންކާމަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގެ މީޓިންގ ރޫމްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށެވެ.
ބިޑް ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށްފަހުގައިކަމަށް ކައުންސިލުން ބުނިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް ވަނީ ގެޒެޓުގައި ޝާއިރުކޮށްފައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 16ޖުލައި 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސިޓީ ކައުންސިލަށް މެއިލް ކޮށްދެއްވުންވަނީ އެދިފައެވެ.

