ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2015 ގަ މާލެ އެކޮޅުކޮޅުން ޖެހީ އަދީބު ފެނޭތޯ ތަ؟ ހަޑި ނުކިޔާ: ޝުޖާ

ޝުޖާޢު ރައީސް ޔާމީނާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޑްރައިވްއެއްގެ ވާހަކަ ގެންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަ ދެއްކެވުމުން އެކަން ގަބޫލު ކުރާނެ ރައްޔިތަކު މިއަދު ނުހުންނާނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް ފާޑުވިދާޅުވެ ޝުޖާއު ވާހަކަ ދެއްކެވީ، ރޭ ޕީއެންއެފްގެ އޮފީހުގައި އޮތް ޖަލްސާއެއްގައި ސިހުރު ހެދުމުގެ ތުހުމަތަށް ހައްޔަރުގައި ކުރި ސްޓޭޓް މިނިޝަރ ޝަމްނާޒް އަލީގެ މައްސަލައަށް ސުވާލު އުފެއްދުމުންނެވެ. ރައީސް ޔާމީން ވަނީ، އެއީ ހަގީގަތުގައި ވެސް އެފަދަ މައްސަލައެއް ތޯ، ނުވަތަ އުފެދިގެން އުޅެނީ އޭނާގެ އަތުގައި އޮތް ވީޑިއޯއެއް ނުވަތަ ޕެންޑްރައިވެއްގައި ހުރި ސިއްރު މައުލޫމާތުތަކެއްގެ މައްސަލަތޯ ސުވާލު އުފައްދާފަ އެވެ.

ޝުޖާއު ވިދާޅުވީ ޕެންޑްރައިވްއެއްގެ ވާހަކަ ރައީސް ޔާމީން ދެއްކެވުމުން އެ ވާހަކަ ރައްޔިތުން ގަބޫލެއް ނުކުރާނެކަމަށެވެ. އަދި 2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ ފަހަރަށް އިއުލާނުކޮށް މާލޭގައި ހިނގައިދިޔަ ކަންތައްތައް ފާހަގަކުރެއްވި އެވެ.

ޕެންޑްރައިވްގެ ވާހަކަ ރައީސް ޔާމީން ދެއްކެވީމާ އެއްވެސް ރައްޔިތަކު ޤަބޫލެއް ނުކުރައްވާނެ. 2015 ވަނަ އަހަރު މުޅި މާލެ އެކޮޅޮކޮޅުން ޖަހާ ހޯދާބެލީ އަދީބު ފެނޭތޯތަ؟ ޝަމްނާޒާ ރަމީޒް އަކީ 2 މުނާފިގުންކަމަށް ބުނި މީހަކު މިއަދު އެދެމީހުންނަށް އެހާ އޯގާތެެރިވަނީ ހަމަ ލޯބިންތަ؟ ހަޑި ނުކިޔާ.

2015 ވަނަ އަހަރަކީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ޕެންޑްރައިވެއް ފެނި، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއި، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ފެންމަތިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވެރިކަން ހިލުވާލި އަހަރެވެ. އެ މައްސަލައާއި ވިދިގެން ދެން ދިމާވި ކަންތައްތަކުގެ ތެރޭގައި ހިބަޅިދޫގެ ފަޅުތެރެއިން ހަތިޔާރު ފެނުން ހިމެނެ އެވެ.

މީގެއިތުރުން މުލިއާގެ ކައިރިން އެއްޗެއް ގޮއްވާލަން އުޅުނުކަމަށް އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މުޅި މާލެ އެއްކޮށް ހާސްކަމެއްގެ ތެރެއަށް ވައްޓާލީ ވެސް 2015 ވަނަ އަހަރު އެވެ.

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާ އަދީބަށް ތުހުމަތުކޮށް ވެސް މާލެ ތެރޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރި އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 78%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: