ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއޭގެ ސީއީއޯކަމުން އިމާދު ވަކިކޮށްފި

އެންޑީއޭގެ ސީއީއޯ ސީއީއޯ އިމާދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސީއީއޯކަމުގެ މަގާމުން އިމާދު ސޯލިހް ވަކި ކޮށްފިއެވެ.

މި މަގާމަށް އިމާދު އައްޔަނުކޮށްފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ރީ 2022 ވަނަ އަހަަރުގެ އޮކްޓޯބަރު މަހުއެވެ. މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަތީ 1 ނޮވެމްބަރުގައެވެ.

އިމާދު މަގާމުން ވަކިކޮށްފައިވަނީ ބޯޑަށް ލިބިދޭ ބާރުގެ ދަށުން، މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައެވެ. މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން އެންޑީއޭގެ ޗެއާމަން ވިދާޅުވީ މި ބަދަލު ގެންނަން ނިންމެވީ އެންޑީއޭ އެސެސް ކުރުމަށް ގައިކަމަށެވެ.

ފައިނޭންޝިއަލް އަދި މެނޭޖުމެންޓް އޮޑިޓެއް ހަދާފައިވާނެކަމަށާއި، މި އޮޑިޓުތަކުން ފާހަގަކުރެވުނު ކަންކަމަށް ބެލުމަށްފަހު، މި ސަރުކާރުގެ ސިޔާސަރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުގެންދެވޭތީ ވަކި ކުރަން ނިންމީކަމަށް ލުބްނާ ވިދާޅުވިއެވެ.

އެންޑީއޭގެ މަގްސަދަކީ ރަނގަޅު ފަރުވާ ދިނުންކަމަށްވާއިރު، އިމާދު އެ މަގާމުގައި ހުންނަވާއިރު، އަސާސީ ކަންތައްްތަކުގެ މަގްސަދު ހާސިލް ނުކުރެވޭ ކަމަށް ބޯޑަށް ފާހަގަކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ލުބްނާ މިކަން ފާހަގަކުރީ އެންޑީއޭ ރީފޯމްކޮށް، ސްޕީޑް އަވަސް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިިޔުޓީ މިނިސްޓަރ ރާޝީދު މިހާރު ވަނީ އެންޑިއޭއަށް ވަގުތީ ސީއީއޯއެއްގެ ގޮތުގައި ބޯޑުން ނޮމިނޭޓް ކުރައްވާފައިކަމަށް ލުބްނާ މައުލޫމާތު ދެއްވިއެވެ. ނަމަވެސް ރާޝީދުގެ މަސައްކަތަށް އެއްވެސް އުޖޫރާއެއް ނުނަންގަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: