ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުރީދޫ ފަންރަންގައި ބައިވެރިވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުރީދޫ ފަންރަންގައި ބައިވެރިވެއްޖެ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އުރީދޫ ފަން ރަންގައި ބައިވެރިވެވަޑައިގެންފިއެވެ.

އޫރީދޫ ފަން ރަން ގެ ފޯރިގަދަ ހަރަކާތްތައް މި ފަހަރު ބާއްވައިފައިވަނީ ލ. އަތޮޅުގައި މި ޖުލައިމަހުގެ 5 ވަނަ ދުވަހުގައެވެ. މިފަހަރު ބޭއްވުނު އުރީދޫ ރަން ފަންގައި 1500 އަށް ވުރެން ގިނަ ފަރާތްތަކުން ވަނީ ބައިވެރިވަޑައިގަތް ފައެވެ.

އުރީދޫ ރަން ފަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އާއި، ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް އަދި ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ ވެސްއާދަމް ޝަރީފުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، އުރީދޫ ރަން ފަންގައި އެންމެ ފާހަގަކޮށްލެވުނުކަމަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅެންތެރިޔާ އަދި ޕީއެސްޖީ“ ގެ ލެޖެންޑް ޖޭޖޭ އޮކާޗާ ބައިވެރިވުމެވެ. ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

އުރީދޫ ރަން ފަންގައި 6 އަހަރުން މަތީ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތެވެ. މިފަހަރު އުރީދޫ ފަންރަންގައި 5 ކިލޯމީޓަރަށް ދުވުމަށް ވަނީ ނިންމައިފައެވެ. އަދި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެންވެސް ވަނީ ބަހައްޓައިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: