ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހު ވައްކަމުގެ އަދަދު ވަނީ މަދުވެފައި

ޖޫން މަހު ވައްކަމުގެ އަދަދު ވަނީ މަދުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މެއި މަހާ އަޅާބަލާ އިރު ޖޫން މަހުގެ ތެރޭގައި ހުށަހެޅިފައިވާ ވައްކަމުގެ އަދަދު މަދު ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، ޖޫން މަހުގެ ނިޔަލަށް ޖުމްލަ 1،023 މައްސަލައެއް ވަނީ ހުށައަޅައި ފައެވެ. އޭގެ ތެރެއިން 315 މައްސަލަ އަކީ ވައްކަމުގެ މައްސަލަތަކެވެ. މެއި މަހު ވައްކަމުގެ 335 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

މިދިޔަ މަހު ރިޕޯޓް ކޮށްފައިވާ އިތުރު މައްސަލަތަކަކީ: 

މަސްތުވާތަކެތީގެ މައްސަލަ: 175
އެއްޗެހި ގެއްލުމުގެ މައްސަލަ: 77
މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ: 64
މަކަރާއި ހީލަތުގެ މައްސަލަ: 50
އަނިޔާ ކުރުމުގެ މައްސަލަ: 47
ޖިންސީ ގޯނާގެ މައްސަލަ: 23
ގެވެށި އަނިޔާ މައްސަލަ: 25
ފޯޖް ކުރުމުގެ މައްސަލަ: 8

ނިމިދިޔަ މަހު ފުލުހުންނަށް ފޭރުމުގެ 29 މައްސަލައެއް ހުށަހަޅައިފައިވާއިރު، މެއި މަހު ވަނީ 50 މައްސަލައެއް ހުށައަޅައި ފައެވެ. ވައްކަމާއި ފޭރުން ފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ދާދި ފަހުން ފުލުހުން ވަނީ ޕްރޮގުރާމް ތަކެއްވެސް ކުރިއަށް ގެންގޮސް ފައެވެ. އޭގެ ތެރޭގައި ސްކޭމްގެ ހިންގާ ފަރާތްތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވެތިވުމަށް މަސައްކަތްކުރާނެ ގޮތްތަކާއި އަދި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމުގައި އެއްވެސް ކަމެއްދިމާވެއްޖެ ހާލަތުގައި، އަމަލު ކުރަންވަންވީ ގޮތްވެސް ވަނީ ކިޔައިދެއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: