ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުުޅުމާލެ ފޭސް 1 ގައި ކުރިއަށް ދިޔަ ރޭޑް އޮޕަރޭޝަނުގައި 8 ބިދޭސީން ހައްޔަރުކޮށްފި

ހުުޅުމާލެ ފޭސް 1 ގައި ކުރިއަށް ދިޔަ ރޭޑް އޮޕަރޭޝަނުގައި 8 ބިދޭސީން ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް 1 ގައި ކުރިއަށް ގެންދިޔަ ރޭޑް އޮޕަރޭޝަނުގައި 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ހުކުރު ދުވަހުގެ ހަވީރު ޖޮއިންޓް ޓާސްކްފޯސްއިން ފުލުހުންނާއި ގުޅިގެން ޓޭކްއަވޭ ކޮފީ ޝޮޕްގެ ވިޔަފާރި ކުރަމުން ގެންދާ ބައެއް ސަރަހައްދުތައް ވަނީ ބަލާއިފާސް ކޮށްފައެވެ. މި އޮޕަރޭޝަނުގައި 8 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންނާއި ގުޅުންހުރި ތަހުޤީޤުތައް ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުންވަނީ ބިދޭސީންއަށް 25 ދާއިރާ އަކުން ވިޔަފާރި ކުރުން މަނާކޮށްފައިވާ ކަމަށް ޢިއުލާންކޮށްފައެވެ. އޭގެ ތެރޭގައި އެއް ދާއިރާއެއްގެ ގޮތުގައި ކެފޭ އާއި ރެސްޓީރެންޓް އަދި ބޭކަރީތައް ހިމެނޭ ގޮތަށް ކާބޯތަކެތި ވިޔަފާރި ކުރުން މަނާކޮށްފައެވެ.

ދިވެހި ސަރުކާރުން އަންނަނީ ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ހަރުދަނާ ސިޔާސަތުތަކާއެކު ފިޔަވަޅުތައް އަޅަމުންނެވެ. ނިމިދިޔަ މަހުގެ ނިޔަލަށް 1500 އަށްވުރެން ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްވެސް ކޮށްލައިފައެވެ. ސަރުކާޒުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަސް ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: