މެނިންގޮކޯކަލްއަށް ޕޮޒިޓިވް އިތުރު ކޭހެއް ނެތް ކަމަށް އެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނުމާއެކު އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންގޮސްފައެވެ.
Op ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެޗްޑީސީއިން މިއަދު ބުނީ، ކޮންޓެކްޓް ޓްރޭސިން ނިންމާލިއިރު އިތުރު އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާ ކަަމަށެވެ.
މި ބަލި ރާއްޖެއިން ފެނުނީ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެއަށް އައި މީހެއްގެ ގައިންނެވެ. މި ބަލީގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ މި ބަލި ޖެހިފައިވާ މީހާއާއިއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއްވިގޮތުގައި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުއެވެ.

