މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ މޭ މަހުގެ ނިޔަލަށް މަސް އެކްސްޕޯޓްކުރި މިންވަރު 47.5 ޕަސެންޓް ދަށަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުންނެވެ.
އެގޮތުން މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 23،464.8 މެޓްރިކް ޓަނުގެމަހެވެ. މިއީ ފާއިތުވި 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 44،730.1 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 21،266 މެޓްރިކް ޓަނު މަދު އަދަދެކެވެ.
މި އަހަރުގެ މަހުގެ އެކްސްޕޯޓް:
- ޖެނުއަރީ: 4،475 މެޓްރިކް ޓަނު
- ފެބްރުއަރީ: 6،051 މެޓްރިކް ޓަނު
- މާޗް: 3،787 މެޓްރިކް ޓަނު
- އެޕްރީލް: 4،746 މެޓްރިކް ޓަނު
- މޭ: 4،404 މެޓްރިކް ޓަނު
މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ކަޅުބިލަ މަހެވެ. މޭ މަހުގެ ނިޔަލަށް 14،985 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
4،670 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފަވެއެވެ.
މީގެ އިތުރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،050 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ.

